ads
ބީ ސާދަ ސްޕޯޓްސް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ނޭކުރެންދޫ ކައުންސިލް
ނޭކުރެންދޫ ކައުންސިލްގެ ސްޕޯޓްސް ފެސްޓިވަލް ފަށައިފި
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ސްޕޯޓްސް ފެސްޓިވަލް ފަށައިފިއެވެ.

ބީ ސާދާގެ ނަމުގައި ނޭކުރެންދޫ ކައުންސިލުން ބާއްވަމުން އަންނަ މިސްޕޯޓްސް ފެސްޓިވަލްގެ މިފަހަރުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އެވެ.

މި ފެސްޓިވަލްގައި ހޭންޑް ބޯލް މުބާރާތަކާއި ފުޓްސަލް މުބާރާތެއް ކުރިޔަށްދެއެވެ. ހޭންޑް ބޯލް މުބާރާތް ކުރިޔަށްދަނީ ކަނބަލުންގެ މެދުގައެވެ. ފުޓްސަލް މުބާރާތް ހާއްސަކޮށްފައިވަނީ ފިރިހެނުންނަށެވެ.

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ފެށުނު މި ފެސްޓިވަލްގައި ފުރަތަމަ ކުޅެފައިވަނީ ފުޓްސަލް މުބާރާތުގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކޮށްފައިވަނީ ކުލަބް ސިވިކް އަދި ހާމަނަސް އެފްސީ އެވެ. މި މެޗް 11-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ކުލަބް ސިވިކެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލަބް ސިވިކްގެ ޖާޒީ ނަމްބަރު 23 މުހައްމަދު އަބާން އެވެ. އޭނާވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާ 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް