ads
ސިނަމާލޭ ބްރިޖު-- ފޮޓޯ: ސީއެންއެމް
ރާއްޖެ އަދި ޗައިނާގެ ގުޅުމަށް 50 ވެގެން މިއަދު ބްރިޖު މަތީ އޮތީ ދުވުމެއް
ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބްރިޖް މަތީގައި މިއަދު ދުވުމެއް ބާއްވައިފިއެވެ.

މި ދުވުމުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތް ތެރި ވަމުންދާ މަތީފަޑީގެ ބޭފުޅުންނާއި މަޖިލިސް މެންބަރުން އަދި ޔުނިވާސިޓީ އާއި ކޮލެޖު ތަކަށް ކިޔަވަންދާ ކުދިންނާއި މުދައްރިސުންގެ އިތުރުން ރާއޖޭގައި ދިރިއުޅެމުންދާ ޗައިނާ މީހުންނާއި ޗައިނާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު  ވަންގް ލިޝިން ވެސް ވަނީ ބައިވެރި ވެވަޑައިގަނަވާފައެވެ.

ގާތްގަނޑަކަށް 300 އެއްހާ މީހުން ވަނީ މިދުވުމުގައި ބައިވެރިވެފައެވެ. ދުވުން ނިންމަވާލެއްވުމަށް ފަހުގައި ދުވުމުގެ ބައިވެރިންނާއި މުހާތަބު ކުރަށްވާ ޗައިނާގެ ސަފީރު ލިޝިން ވިދާޅުވީ ދުވުމުގެ ހަރަކާތަށްފަހު ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އިތުރު ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމުގައެވެ.

ޗައިނާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 22 ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް