ads
ކާޖަލް އަދި އަޖޭ
ކާޖަލް ފިލްމު ކުޅެން އަޖޭގެ އާއިލާއިން ބޭނުމެއްނުވޭ!
ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލް ފިލްމު ކުޅެން ހުއްޓާލަން އޭނާގެ ފިރިމީހާ އަޖޭ ދޭވްގަންގެ އާއިލާއިން ބޭނުންވާކަން ހާމަވެއްޖެއެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ ބޮލީވުޑްގައި ނަވާރަސަތޭކައިއގެ އަދި ދެ ހާހުގެ އަހަރުތަކުގެ ތެރޭގައި ގިނަ ތަރިންނާއެކު މަސައްކަތް ކުރި ފިލްމު ޕްރޮޑިއުސަރު ސުނީލް ދަރްޝަންއެވެ. އޭނާ މީޑިއާއަށް ދިން އިންޓަވިއުއްގައި ބުނީ އަޖޭގެ އެއްބަނޑު އެއްބަފާ މީހުން ކާޖަލް ފިލްމުކުޅުމާ ދެކޮޅުކަމަށް އެނާގާތު ކާޖަލްގެ މަންމަ ބުނެފައިވާކަމަށެވެ. އެކަމަށް ހެކި ދައްކަމުން ދަރްޝަން ބުނީ 'ޖާންވަރު' ކިޔާ ފިލްމު ވެސް އެންމެ ފަހު މިނެޓުގައި ކާޖަލް ނުކުޅެން ނިންމީ އާއިލާގެ ޕްރެޝަރާ ހެދި ކަމަށެވެ. އެ ފިލްމުގައި ކާޖަލްގެ ރޯލު ފަހުން ލިބުނީ ޝިލްޕާ ޝެޓީއަށެވެ. 

ކާޖަލްއާއި އަޖޭ ކައިވެނިކުރަން ކާޖަލްގެ ބައްޕަވެސް ވަނީ ދެކޮޅު ހަދާފައެވެ. އަދި އަޖޭއާއި އޭނާ ކައިވެނި ކުރުމުން ހަތަރު ދުވަސް ވަންދެން އޭނާގެ ބައްޕަ ކާޖަލްއާ ވާހަކަ ދެއްކުން ވެސް ހުއްޓައިލިއެވެ. 

your imageކާޖަލް ކުޑައިރު

މި ހުރިހާ އުންދަގޫ ތަކަކާއެކު ވެސް ކާޖަލް 'ޕިންކު ވިލާ' އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "އަޖޭއާ ކައިވެނިކުރުމަކީ ހަޔާތުގައި އެޅުނު އެންމެ ރަނގަޅު ފިޔަވަޅު" ކަމަށެވެ. 

ކާޖަލް އަޖޭ ދޭވްގަން އާއި ކައިވެނިކުރީ 1999 ވަނަ އަހަރު އެވެ.  ކައިވެންޏާއެކު ދުވަސްކޮޅަކަށް ކާޖަލް ކެމެރާ ކުރިމަތިން ގެއްލުނެވެ. ނަމަވެސް އަޖޭ ޑައިރެކްޓްކުރި "ޔޫ މީ އޯރް ހަމް" އިން އޭނާ އެނބުރި ފިލްމު އިންޑަސްޓްރީއަށް އައެވެ. އަޖޭއާއި ކައިވެނި ކުރި ފަހުން ކާޖަލް މިހާތަނަށް ފެނިފައިވަނީ އެންމެ 11 ވަރަކަށް ފިލްމުންނެވެ. ނަމަވެސް އޭގެ ތެރެއިން ވެސް ގިނަ ފިލްމު ވަނީ ސުޕަ ހިޓަކަށް ވެފައެވެ. ފިލްމުތަކުގެ ތެރެގައި 'ކުޗް ކުޗް ހޯތާހޭ' އަދި 'މައި ނޭމް އިސް ހާން' ފާހަގަކޮށްލެވެއެވެ. 

އަޖޭއާއި ކާޖަލް އާށް ވަނީ ދެ ދަރިން ލިބިފައެވެ. ދެ މީހުންގެ ދިރިއުޅުން ވެސް އުފާވެރިކަމަށް ދެމަފިރިން ވެސް ބުނެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް