ads
ޔާމީން ކޯޓަށް ވަޑައިގަތުމަށް ގެއިން ނިކުންނެވި ވަގުތުގެ ފޮޓޯއެއް/ އަދަދު
ޔާމީންގެ މައްޗަށް 2 ދައުވާވެސް ސާބިތުވެއްޖެ، ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށް
ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ދެ ދައުވާގެ ޖަލު އަދަބަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ދައުލަތުން ޝަރީއަތުގައި އެދިއްޖެ އެވެ.
Advertisement

މިއަދު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަނީ ލޯޑަރިންނާއި، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ރައީސް ޔާމީން އާއި، ޔޫސުފް ނައީމުގެ މައްޗަށް ވަނީ ކަނޑައަޅާފަ އެެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު، އަދަބާއިމެދު ވާހަކަދައްކަން ދިން ފުރުސަތުގައި ދައުލަތުން އެދުނީ:  

  • ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބަށް ޔާމީންގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް
  • މަނީ ލޯންޑްރިން ކުށުގެ އަދަބަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް
  • ދެ ކުށުގެ އަދަބަށް 19 އަހަރުގެ ޖަލު ހުކުމަކަށް
  • ނައީމުގެ މައްޗަށް އެދުނީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް

ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާގެ ކުށުގެ އަދަބުގެ އެންމެ ކުޑަ މިންވަރަކީ ފަސް މަސް ދުވަހެވެ. ނަމަވެސް ދައުލަތުން އެދުނީ އެ ދެ ކުށުގެ އަދަބުވެސް ބޮޑުކޮށްދެވެން އޮތް އެންމެ ބޮޑެއް ކޮށްދިނުމަށެވެ. 

އަދަބާއި ބެހޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނުމުން ޔޫސުފް ނައީމު އަދި ޔާމީންގެ ފަރާތުން އެދުނީ އަދަބާއި ގުޅޭގޮތުން ވާހަކަދެެއްކުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ގާޒީ ނިންމެވީ އެމައްސަލަ މިއަދު ނިންމެވުމަށެވެ. އަދި އަދަބު ކަނޑައެޅުމުގެ އަޑުއެހުން މިއަދުގެ 14:00 އަށް ވަނީ ތާވަލު ކޮށްފަ އެވެ. 

53%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް