ads
މަރިޔަމް ޒައީމާ މޫސާ (މަރީ)
ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ހާލު ދެރަވި މަރީ މަރުވެއްޖެ
ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ހާލު ދެރަވެ ފަރުވާ ހޯދަމުން ދިޔަ އުމުރުން 31 އަހަރުގެ މަރިޔަމް ޒައީމާ މޫސާ (މަރީ) މަރުވެއްޖެ އެވެ.
Advertisement

ދެ އަހަރު ވަންދެން ރަނގަޅަށް ހޭނާރާ އޮވެ، މަރީ މަރުވިކަން އޭނާ އަށް އެހީ ހޯދުމަށް އޭނާގެ ކޮއްކޮ ފޭސްބުކުގައި ހިންގަމުން އަންނަ ޕޭޖުގައި ވަނީ ބުނެފަ އެވެ. އެ ޕޭޖުގައި ބުނެފައިވާ ގޮތުގައި، މަރީ މަރުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގަ އެވެ. 

މަރީ މަރުވިއިރު، އޭނާގެ ނުވަ އަހަރުގެ ދަރިއެއްވެސް ހުރެ އެވެ.

މަރީގެ ހާލު ދެރަވެ ފަރުވާ ހޯދަން ފެށީ، މިދިޔަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު ހޮސްޕިޓަލުގެ ކެންޓީނުން ގަތް ކްރީމް ޖެހި ބަނަހެއް ކެއުމުގެ ސަބަބުން އެލާޖިކް ވެގެން އައިޖީއެމްއެޗް އަށް ގެންދިއުމުން އެ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ. 

މިކަމާއި ގުޅިގެން މީގެ ކުރިން އައިޖީއެމްއެޗް އިން ވަނީ، ނުބައިކޮށް އިންޖެކްޝަން ދެވުނުކަން ގަބޫލުކޮށް، އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމަށް އެ ހޮސްޕިޓަލުން ވަނީ މާފަށްވެސް އެދިފަ އެވެ. 

"އިމަޖެންސީގައި މަރީއަށް ފަރުވާ ދިން އިރު، އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ ހައިޑްރޯކޯޓިސޯން ދިނުމުން ވެސް އޭނާގެ ހާލު ރަނގަޅު ނުވި. އެހެންވެ ފަހުން ދިނީ އެލާޖިކުވުމުން ދޭ އެހެން އިންޖެކްޝަނެއް ކަމަށްވާ އެޑްރެނަލިން. ފުރާނާއަށް ނުރައްކާވާ ހާލަތްތަކުގައި އެޑްރެނަލިން ދޭން އޮންނަ އުސޫލަކީ މަސްގަނޑުގެ އެތެރެ އަށް އިންޖެކްޝަން ޖަހައި، ކަނޑައެޅިފައިވާ މިންވަރަކަށް ޑައިލިއުޓްކޮށްގެން، ސްލޯ އިންފިއުޝަނެއް ގޮތަށް އައިވީ ގުޅައިގެން. ނަމަވެސް އިންޖެކްޝަން ދީފައި ވަނީ މި އުސޫލާ ހިލާފަށް ކަމަށް ލިޔެކިޔުންތަކުން އެނގެން އެބަހުރި." މިދިޔަ އަހަރު ޖުލައި މަހު އާއިލާ އަށް ފޮނުވި ސިޓީގައި އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.

އޭގެ ފަހުން މިއަދާއި ހަމައަށްވެސް މަރީ އޮތީ ހޭނާރާ އެވެ. އައިޖީއެމްއެޗް އިން އޭނާ ބެލުމަށްފަހު ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އާއިލާއިން ވަނީ މަރީ އިންޑިއާ އަށްވެސް ގެންގޮސްފަ އެވެ. އެހެން ނަމަވެސް އިންޑިއާއިންވެސް މަރީ ބެލުމަށްފަހު ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން، މި އަހަރުގެ މޭ މަހު އޭނާގެ އާއިލާއިން ވަނީ މަރީ ރާއްޖެއަށް ގެނެސްފަ އެވެ. 

4%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް