ads
ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް
"އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޖަޕާން މާކެޓަށް ނެރެފި އެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން (ބީސީސީ)އިން ބުނިގޮތުގައި ބީސީސީ ތައާރަފުކޮށްފައިވާ "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑުގެ ދަށުން ވިއްކާ އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާން މާކެޓަށް ނެރެފައިވަނީ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާ ގުޅިގެން އެ އޯގަނައިޒޭޝަނުން ކުރިޔަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުންނެވެ. 

"ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމް އަކީ އެކި ގައުމުތަކުގެ އުފެއްދުންތައް ޖަޕާނުގެ މާކެޓުތަކަށް ތައާރަފު ކުރުމަށް ޓަކައި ކުރިޔަށް ގެންދާ  ޕްރޮގްރާމެއް ކަމަށް ބީސީސީން ބުނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ޖަޕާނުގެ އެއާޕޯޓުތަކުގައި ހުންނަ އައުޓްލެޓްތަކުގައި ވިޔަފާރި އުފެއްދުންތައް ޑިސްޕްލޭކޮށް އަދި އެ ތަންތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގަނެވޭނެ މަގު ފަހިވެގެންދެ އެވެ. އެގޮތުން ދިވެހި އުފެއްދުންތައް ނަރީޓާ އެއާޕޯޓުންނާއި ކަންސައި އެއާޕޯޓުން މިހާރު ލިބެން ހުންނާނެ ކަމަށް ބީސީސީން ބުނެ އެވެ.

your image"އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް. ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

ޖަޕާނުގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމުކޮށްގެން ބާއްވާ ސޭލްސް އިވެންޓުތަކުގައި "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ވިއްކާ އުފެއްދުންތައް ޑިސްޕްލޭ ކުރެވި، ލިބެން ހުންނާނެ ކަމަށާއި މި ޕްރޮގްރާމްގެ ދަށުން ކުރިޔަށް އޮތް ތަނުގައި ޖަޕާން މާކެޓުގައި ލިބެން ހުންނަ ދިވެހި އުފެއްދުންތަކުގެ އަދަދު އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

"ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާނުގެ މާކެޓަށް ތައާރަފު ކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަސަން ސާބިރާއި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު ގެ އިތުރުން ޖެޓްރޯގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފުކުރުމަށް ކުރެވުނު މަސައްކަތުގައި ޖަޕާނުަގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް ބީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް