ads
އިދިކޮޅު ކޯލިޝަން އިސްވެރިން ކޯޓު ސަރަހައްދުގައި
ޖަލުގައި އޮތަސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން: ޕީޕީއެމް
ޖަލު ހުކުމް އިއްވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ބަދަލެއް ނާންނާނެ ކަމަށާއި، 2023 ގެ ރިޔާސީ އިންތިހާބާއި އެޕާޓީން ކުރިމަތިލާނީ ހަމައެކަނި ރައީސް ޔާމީން އާއި އެކު ކަމަށް އެޕާޓީން ބުނެފި އެވެ.

މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު އިއްވީ ނިހާއީ ހުކުމެއް ކަމަށާއި، އިސްތިއުނާފީ ދެ މަރުހަލާ އަދި އެބައޮތް ކަމަށެވެ. 

އެހެންކަމުން ރައީސް ޔާމީންްގެ ރިޔާސީ ކެންޑިޑަސީ ބާތިލުވާނެ އެއްވެސް ގޮތެއް އަދި ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގެ ފަނޑިޔާރުންގެ ތެރޭގައި ވެސް ގައުމުދެކެ ލޯބިވާ، އިންސާފަށް ހުކުމް ކުރައްވާނެ ފަނޑިޔާރުން ތިއްބަވާނެކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ މަތީ މަރުހަލާގެ ކޯޓުތަކުން ޔާމީން އާއި އެއްކޮޅަށް މައްސަލަ ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އަދުރޭ ވިދާޅުވީ، ޔާމީން ޖަލަށް ލައިގެން ޕީޕީއެމް ޕީއެންސީ ކޯލިޝަން ބައިބައި ކޮށްލެވޭނެ ކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމަށާއި، ޔާމީންގެ މައްޗަށް ހުކުމް އިއްވިޔަސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ހަމައެކަނި ޔާމީން ކަމަށެވެ.

”ޕީޕީއެމް/ ޕީއެންސީ އޮންނާނީ ރައީސް ޔާމީންގެ ފަހަތުގައި. ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީން. މިކަން ބަދަލެއް ނުވާނެ. ދެވަނަ ވިސްނުމެއް ނެތް. ޔާމީން ޖަލަށް ލިޔަސް މި ކޯލިޝަން ހިނގާނީ ރައީސް ޔާމީންގެ ލަފާފުޅާ އެއްްގޮތަށް، “ އަދުރޭ ވިދާޅުވި އެވެ.

ޔާމީން ޖަލަށް ލައިފިނަމަ ޕީޕީއެމްއިން އެހެން ޕާޓީއަކާއިއެކު ކޯލިޝަން ހަދާނެތޯ އާއި، ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ތެރެއިން ދެވަނަ ކެންޑިޑޭޓަކު ނެރޭނެތޯ ސުވާލު އިތުރަށް ނުކުރުމަށްވެސް އަދުރޭ އެދިވަޑައިގަތެވެ. 

އަދި ތަކުރާރު ކުރެއްވީ، ޕީޕީއެމް/ޕީއެންސީ ތެރޭގައި ވެސް ޓިކެޓުގެ ޝައުގުވެރިކަން ހުރި އެއްވެސް މީހަކު ނެތްކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ ކޯލިޝަންނުގެ ވޯޓު ކަރުދާހުގައި އޮންނާނީ ރައީސް ޔާމީންގެ ނަންފުޅު ކަމަށެވެ. އަދި 2023 ޔާމީންއަށް ކާމިޔާބު ވާނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް