އާންމުންނާއި ފަތުރުވެރިންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަކީ އެ އެއާލައިނުގެ އަމާޒެއް ކަން ފާހަގަކޮށް މޯލްޑިވިއަނުން ބުނީ އެކި ސަރަހައްދުތަކުގެ ޑިމާންޑަށް އަންނަ ބަދަލުތައް ބަލައި، ދަތުރުތައް އިތުރު ކުރާނެ ކަމަށެެވެ.
ފްލައި ދުބާއީން ގަމަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއާ އެކު، ފްލައި ދުބާއީ ވެގެންދާނީ ދުބާއީ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނަށެވެ.
ކޮންމެ ހަފުތާ އަކު 28 ފްލައިޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލު ކޮށްފައިވާ ކަމަށް ފްލައި ދުބާއީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;