ޝަރީއަތުން ފާހަގަކުރީ ޔޫސުފް ނައީމަށް ސާބިތުވި ރިޝްވަތު ދިނުމުގެ ކުށަކީ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ޔޫސުފް ނައީމުގެ ސިއްހަތާއި އުމުރަށް ބަލައި އަދަބު ދަށް ކޮށްދީ ގޭބަންދަކަށް ބަަދަލުކޮށްދިނުމަށް ނައީމުގެ ފަރާތުން އެދިފައި ވެއެވެ. ނަމަވެސް ޝަރީއަތުން ބުނީ، އަދަބު ދަށްކުރާނެ އަދި މަތި ކުރެެވޭނެ ހާލަތެެއް ވެސް ނެތް ކަމަށެވެ.
އަދި ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެއީ ރާވައިގެން ދުރާލައި ކޮށްފައިވާ ކުށަކަށްވުމުން ގޭބަންދަށް ބަދަލު ކޮށްދިނުމުގެ ލުއިވެސް ނުދެވޭނެ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް އިއްވީ ކުށުގެ އަސާސީ އަދަބު، ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ދައުލަތުން ބުނެފައިވާ ގޮތުން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ނައީމު ދިނެވެ.
ދައުވާގައި ވާގޮތުން:
ހުކުމުގައި ބުނީ، ޔާމީންގެ ނަމުގައި އެކައުންޓެއް ހުޅުވައި، ނައީމްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;