އޮލިމްޕިކް ކޮމިޓީން ބުނި ގޮތުގައި އަންނަ އަހަރު ރާއްޖޭން ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.
މި ފަސް މުބާރާތުގެ ތެރެއިން އައިއޯއައިޖީ އަކީ ރާއްޖޭން 2019 ވަނަ އަހަރު ބިޑްކޮށްގެން، އަންނަ އަހަރު ރާއްޖޭގައި ހޯސްޓްކުރަން ނިންމި ގޭމްސް އެކެވެ. އެހެންނަމަވެސް ކޮވިޑް-19 އާހުރެ ރާއްޖޭން ފުރުސަތު ދޫކޮށްލީއެވެ.