ads
ތޫނީޝާ ޝަރުމާ
ތޫނީޝާ މަރުވުމުގެ ކުރިން ޝީޒަންގެ އުނދަގޫ ބޮޑުވެން ތޫނީޝާ ޝަކުވާ ކުރި: އާއިލާ
އެކްޓުކުރާ ތޫނީޝާ ޝަރުމާ، 20 މަރުވުމުގެ ކުރިން ހަފްތާއެއް ވަންދެން އޭނާގެ ކުރީގެ ލޯބިވެރިއާ ޝީޒަން މުހަންމަދު ހާންގެ ފަރާތުން އުނދަގޫ ކުރާތީ އާއިލާ ގާތުގައި ޝަކުވާ ކޮށްފައިވާކަމަށް އާއިލާއިން ބުނެފިއެވެ.
Advertisement

ތޫނީޝާ މަރުވެފައި ހުއްޓާ ފެނުނީ ހޮނިހިރު ދުވަހުގެ ރޭ ފިލްމެއް ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާ މަރުވެފައި ހުރީ އޭނާގެ ކުރީގެ ލޯބިވެރިއާ ޝީޒަން އަށް ހާއްސަކޮށްފައި ހުރި ކޮޓަރީގެ ފާހާނަ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭނާ ކުޅުނު ފިލްމުގެ ބަތޮލު ރޯލު ކުޅެނީ ވެސް ޝީޒަން އެވެ. އެ ދެމީހުން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަސް ކަމަށް އާއިލާއިން ބުނެއެވެ. 

އޭނާ މަރުވުމާއެކު އާއިލާގެ ފަރާތުން ޝީޒަންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މިހާރު ވަނީ ޝީޒަން ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ތޫނީޝާ މަރުވީ އަމިއްލަތޯ ނުވަތަ މަރައިލީތޯ ވެސް ބަލަމުން ގެންދާކަމުގައެވެ.

your imageތޫނީޝާ އަދި އޭނާގެ ކުރީގެ ލޯބިވެރިއާ ޝީޒަން ހާން

އޭނާ މަރުވިކަން އެނގުނުކަމަށް ކުރޫ އިން ބުނަނީ ބްރޭކެއް ނަގައި ސައިބޮއިގެން އައި ފަހުން ކަމަށެވެ. ފުލުހުން ގެންދަނީ ކުރޫ މެންބަރުންނާ ވެސް ސުވާލުކުރަމުންނެވެ.

ހަށިގަނޑުގެ ޕޯސްޓު މޯޓަމް އެއް ހެދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ތޫނީޝާ ބަނޑުވެސް ބޮޑެވެ. ނަމަވެސް ފުލުހުން ބުނަނީ އެއްވެސް ކޮމެންޓެއް ކުރަން އެނގޭނީ ޕޯސްޓު މޯޓަމް ރިޕޯޓު ލިބުމުން ކަމަށެވެ. 

ޓުނީޝާ ވަނީ އޭނާ ކުޑައިރު ވެސް އިންޑިއާގެ ބައެއް ފިލްމުތަކުން ފެނިފައެވެ. ކެޓްރީނާ ކައިފް ކުޑައިރުގެ ރޯލުވެސް ކުޅެފައިވަނީ ޓުނީޝާއެވެ. 

ޓުނީޝާ އެންމެ ފުރަތަމަ އެކްޓު ކޮށްފައިވަނީ ސޮނީ އިން ގެނެސްދިން ޓީވީ ޝޯ 'ބަހާރަތް ކާ ވީރު ޕުޓްރާ - މަހާރަނާ ޕްރަޓަޕް' ގައެވެ. އޭގައި ކުޅެފައިވާ ރޯލަކީ ޗަންޑު ކަންވާ ކިޔާ ކެރެކްޓަރެއްގެ ރޯލެވެ.

އޭނާ އެކްޓުކޮށްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި، 'ފިތޫރު' ، 'ބާރު ބާރު ދޭކޯ' ، 'ކަހާނީ 2' އަދި 'ދަބަންގް 3' ފާހަގަކޮށްލެވެއެވެ. 

16%
ކަމުގޮސްފި
34%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް