އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފާހަގަ ކުރާ ދުވަހެކެވެ.
އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް ކަމަށްވާ މ. ކޮޅުފުށީގައެވެ. ކޮޅުފުށީގައެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮޅުފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޮޅުފުށީގައި އޮންނަ ރަސްމީ ޖަލްސާގެ އިތުރުން ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ބިނާ ރަސްމީކޮށް ހުޅުވުން އޮންނާނެއެވެ.