ads
"ދަ އިޔާ 2045": ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވުރެއް
ދަރިވަރުން 2045 ވަނަ އަހަރަށް ކުރާ އުއްމީދުތަކާއި ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވުރެއް ދައްކުވައިދޭ ފޮތް "ދަ އިޔާ 2045" އިފްތިތާހުކޮށްފިއެވެ.

އެޗްޑީސީން ބުނިގޮތުގައި މި ފޮތުގައި ވާ ހުރިހާ މަސައްކަތަކީ އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ ދަ ސާކަލްގެ އެކި ޕްރޮގްރާމް ތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ. ކުޑަކުދިން ދުނިޔެއަށް ލޯހުޅުވާ، އެކުދިންގެ ހިޔާލާއި ވިސްނުން ތަރައްގީ ކުރުމުގެ ބޭނުމުގައި އެކުލަވާލެވުނު މި ފޮތް އިފްތިތާހުކުރުމަށް ބޭއްވި ހަރަކާތުގައި ފޮތް ލިޔުމުގައި ބައިވެރިވި ބައެއް ދަރިވަރުން ވަނީ އެކުދިންގެ ތަސައްވުރު ހިއްސާކޮށްފައެވެ. ފޮތް އިފްތިތާހު ކޮށްދެއްވާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

your image"ދަ އިޔާ 2045" ނެރުން. ފޮޓޯ:އެޗްޑީސީ

ދަ ސާކަލް އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވިސްނުން ތަރައްގީކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން، އެޗްޑީސީގެ އެހީތެރިކަމާ އެކު ހިންގާ އެކަޑަމީ އެކެވެ. 

އުނގެނުމަށް ޝައުގުވެރިވާ، އިލްމީ، މަސައްކަތްތެރި އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ވަނަ އަހަރު ފެށި މި އެކަޑަމީގެ އެކި ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. 

ދަ ސާކަލްގެ ބައިވެރިންނަށް އާ މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމުގެ ބޭނުމުގައި އެ އެކަޑަމީ ގެ ފަރާތުން އެކި ޕްރޮގްރާމްތައް ހިންގައެވެ. އޭގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ، ކޯޑިން އެންޑް ކްރިޓިކަލް ތިންކިން، އެޑްވާންސްޑް ކޯޑިން އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ.

އެޗްޑީސީގެ އިސްނެގުމުގެ މަތިން ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ހިދުމަތްތަކަކާއި މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. 

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނާ ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް އިތުރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް