ads
ކަދުރު އޮށުން ކޮފީ ތައްޔާރުކުރުން
ކަދުރު އޮށުން ކޮފީ ތައްޔާރު ކުރުން
ކަދުރަކީ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. ހާއްސަކޮށް ހަށިގަނޑަށް ވަރަށް ރަނގަޅަށް ހަކަތަ ލިއްބައިދޭ މޭވާއެކެވެ.

ދިވެހިން އާންމުކޮށް ކަދުރު ކައިއުޅެނީ ރޯދަ މަހުއެވެ. ރޯދަމަހު އެންމެ ގިނައިން އުކާ އެކައްޗަކީ ކަދުރު އޮށެވެ. މަސް ނިމޭއިރު ބިމުން ގަސްފަޅާވަރަށް ވެސް ކަދުރު އޮށް އުކާފައި ހުރެއެވެ.

ނަމަވެސް ކަދުރު އޮށުން ކުރެވޭނެ ރަނގަޅު ބޭނުމެއް އެބައޮތެވެ. އެއީ ކަދުރު އޮށް ބޭނުންކޮށްގެން ކޮފީ ތައްޔާރުކުރުމެވެ. މިއީ ކެފެއިން ވެސް ނުހުންނަ ނަމަވެސް، ހަށިގަނޑަށް ހަކަތަ އިތުރުކޮށްދޭ ސިއްހަތައް ފައިދާ ހުރި ބުއިމަކަށް ވާނެއެވެ. 

ކަދުރު އޮށުން ކޮފީ ތައްޔާރުކުރާނެ ގޮތް: 

1. ކަދުރު އޮށްތައް ރަނގަޅަށް ސާފުކޮށްލާށެވެ. 

2. އޮށްތައް ރަނަގަޅަށް ދޮވެލައި ޓިޝޫއަކުން ހިއްކާލާށެވެ. 

3. 350 ފެރަން ހައިޓް (177 ޑިގުރީ ސެލްސިއަސް) ގައި 30 މިނެޓު ވަންދެން އަވަނަށްލައި ހަނާ ކޮށްލާށެވެ. އިތުރުަށް ހަނާ ކުރަން ބޭނުންނަމަ ގިނަ ވަގުތު ބެހެއްޓިދާނެއެވެ. 

4. މިކްޗަރަށް ލައި ކަދުރު އޮށްތައް މުގުރާލާށެވެ. 

5. ކޮފީ ގޮތައް ގިރައިގެން ކިރު އަޅައިގެން ވެސް ބޮވިދާނެއެވެ. ރަހަ އިތުރަށް މީރުކުރަން ކާފުރު ތޮޅި އަދި ފޮނި ތޮށި ފަދަ ތަކެތި އެޅިދާނެއެވެ.

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް