ads
ފަތުރުވެރިކަމުގެ ދާއިރާގައި 59،803 އެނދު ބޭނުންކުރެވޭ ގޮތަށް އެބަހުރި.
"ފަތުރުވެރިކަމުގެ ދާއިރާގައި 59،803 އެނދު"
ރާއްޖޭ ގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އެ ހިދުމަތްތައް ދޭ ތަންތަނުގައި މިވަގުތު 59،803 އެނދު ބޭނުން ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،204 ތަނެއް ދަނީ ހިންގަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު ރިސޯޓް/މެރީނާސްގެ ގޮތުގައި 168 ތަނެއްގައި 41،081 އެނދު ދަނީ ބޭނުން ކުރަމުންނެވެ. ހޮޓަލުގެ ގޮތުގައި 13 ތަނެއްގައި 1،616 އެނދު ބޭނުން ކުރަމުންދާއިރު، 158 ސަފާރީއެއްގައި 2،918 އެނދު ދަނީ ބޭނުންކުރަމުންނެވެ.

ރާއްޖޭގެ 20 އަތޮޅުގެ 113 ރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 865 ތަނެއް ހުރިއިރު އެތަންތަނުގައި ޖުމްލަ 14،188 އެނދު ބޭނުންކުރެވޭ ގޮތަށް އެބަހުއްޓެވެ. އެއީ 862 ގެސްޓްހައުސް އެއްގައި 14،172 އެނދާއި ހޯމްސްޓޭގެ ގޮތުގައި ހުރި ތިން ތަނެއްގައި ބޭނުން ކުރެވޭ ގޮތަށް ހުރި 16 އެނދެވެ.

މިމަހުގެ 24 ވަނަ ދުވަހާ ހަމަޔަށް 1،627،010 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެއެވެ. އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެ އަށް އައި ފަތުރުވެރިންގެ 14.5 އިންސައްތަ އެ ގައުމުން ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 12.0 އިންސައްތަ ފަތުރުވެރިންނެވެ. ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 10.8 އިންސައްތަ ހިއްސާ ކުރަނީ އިނގިރޭސި ވިލާތުންނެވެ. އެއީ ތިންވަނަ އަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް