ads
ޓޮޓެންހަމްގެ ފޯވާޑް ސޮން ހެއުން މިން
ވޯލްޑް ކަޕް ނިމުންތާ 8 ދުވަސް: އިންގިރޭސި ޕްރިމިއާ ލީގު މިއަދު ފަށަނީ
ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު ފުޓުބޯޅަ ލީގު ކަމުގައިވާ އިންގިރޭސި ޕްރިމިއާލީގު ވޯލްޑް ކަޕަށް މެދު ކަނޑާލުމަށްފަހު މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މިއަދު 5 ޖަހާއިރު ޕްރިމިއާލީގު ފައްޓާ މެޗުގައި ވާދަ ކުރާނީ ޓޮޓެންހަމް އަދި އެފްސީ އަދި ބްރެންޓްފޯޑް ޔުނައިޓެޑް އެވެ.

ޕްރިމިއާލީގު އަލުން ފެށުމުގެ މެޗަށް ޓޮޓެންހަމް އަދި ލީގަށް މިއަހަރު އަލަށް ކޮލިފައިވެފައިވާ ބްރެންޓްފޯޑުގައިވެސް އަނިޔާގެ މައްސަލަ ތަކެއް އެބަ ހުއްޓެވެ. އަދި ވޯލްޑް ކަޕް ގެ ފައިނަލްގައި ކުޅުނު ބައެއް ކުޅުންތެރިން ވެސް މިމެޗުގައި ނުފެންނާނެ އެެވެ. އޭގެ ތެރޭގައި ފްރާންސްގެ ހޫގޯ ލޮރިސް އަދި އާޖެންޓީނާގެ ކްރިޓިއަން ރޮމޭރޯ މިމެޗުގައި ޓޮޓެންހަމްގެ ސްކޮޑުން ނުފެންނާނެއެވެ. އެކަމާ ޓޯޓެން ހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ވަރަށް ބޮޑަށް ކަން ބޮޑުވުން ފާޅުކޮށް ފައެވެ.

މީގެ އިތުރުން ކޮންޓޭ ވަނީ އޭނާގެ ޓީމާއި މެދު ސަޕޯޓަރުން މިހާރު ތިބީ ވަރަށް އުފަލުން ކަމަށެވެ. ސަބަބަކީ ޓޮޓެން ހަމްގެ ޖުމްލަ ބާރަ ކުޅުންތެރިން ނިމިގެންދިޔަ ގަތަރު ވޯލްޑް ކަޕްގައި ހިމެނިފައި ވުމުންނެވެ. އަދި މިހާރު އެ ކުޅުންތެރިންގެ ހާލަތައް ބާލާފައި އެ ތިބީ ބުންވަރު ވަރަށްވެސް ވަރުގަދަ ކޮށް ކަމަށް ވެސް ކޮންޓޭ ވަނީ ބުނެފައެވެ.

ހޫގޯ ލޮރިސް މިއަދުގެ މެޗުގެ އިތުރުން ކުރިޔަށް އޮތް މެޗުގައިވެސް ނުފެންނާނެ ކަމަށް ބޭރުގެ ކުޅިވަރު ނޫހެއް ކަމަށްވާ ބީބީސީ ސްޕޯޓްސް އިން ވަނީ ރިޕޯޓް ކޯށްފައެވެ. އެ ނޫހުގައި ބުނާ ގޮތުގައި ލޮރިސް އަދި ހުރީ އޭނާގެ އާއިލާ ގާތުގައި ފްރާންސް ގައެވެ. your imageވޯލްޑްކަޕް ފައިނަލުގައި ރޮމޭރޯ އަދި ލޮރިސް: ފޮޓޯ ބައި ޓޯކް ސްޕޯޓްސް 

ހޫގޯ ލޮރިސް އަކީ ފްރާންސް ޓީމުގެ އިތުރުން ޓޮޓެންހަމްގެ ވެސް ކެޕްޓަންއެވެ.



0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް