ads
ހޯމް މިނިސްޓަރު އިމްރާން
މާފުށީ ޖަލަށް 130 މީހުންގެ ޖާގައިގެ ތަނެއް އިތުރުކުރަން ނިންމައިފި
މާފުށީ ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް 130 މީހުންގެ ޖާގައިގެ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، އަލަށް ކަރެކްޝަނަލް ސާވިސްގެ ހިދުމަތާއި ގުޅުނު އޮފިސަރުންނަށް ހިންގި ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ އަށް ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ހާލަތާއި އެކު ދިމާވި ހުރަސްތަކާއި އެކު ނަމަވެސް، މާފުށީ ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެގޮތުން މިހާތަނަށް 220 މީހުންގެ ޖާގަ ޖަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން މިހާރުވެސް އިތުރު 130 މީހުންގެ ޖާގައިގެ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މީގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ހިދުމަތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އަދި މި މަސައްކަތް ކުރިއަށް އޮތް ހަތް މަސް ދުވަސްތެރޭ ނިންމާލެވިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭ ހދ، ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް ހެދުމަށްވެސް ބަޔަކާއި ހަވާލުކޮށްފައި ވާކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް