ads
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑު ކުރިއޭ ކިޔާނެ ފުރުސަތެއް ނުދޭނަން: ފައްޔާޒް
ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީ އަކީ އިންސާފުން އެއްކިބާވެފައި އޮތް ޕްރައިމެރީއެއް ކަމަށް ބުނުމުގެ ފުރުސަތު ނުދެނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. މި ޕްރައިމެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެ ދެބޭފުޅުންގެ ކެނޑިޑޭޓު ނަންބަރު އެޕާޓީއިން ވަނީ މިއަދު އިއުލާންވެސް ކުރައްވާފަ އެވެ.

އެހެން ނަމަވެސް މި ޕްރައިމެރީ މިހާރުވެސް އިންސާފުން ނެއްޓެމުން ދާކަމަށް ބުނެ ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފަ އެވެ. އެ ބޭފުޅުން ޖަލްސާ ދޫކުރައްވާ ވަޑައިގަތީ، އެބޭފުޅުން އެދިލެއްވި ގޮތަށް ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ގައުމީ މަޖިލީހުގެ ވޯޓު ނުލިބުމުންނެވެ. 

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗެއާޕާސަން ފައްޔާޒް ވިދާޅުވީ، އިންތިހާބު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދަމުން ދަނީ ދެ ދެ ކެނޑީޑޭޓުންނާއިވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، އިންތިހާބު އަންނަ މަހުގެ 28 ވަނަ ދުވަހަށް ތާވަލް ކުރީވެސް ދެ ބޭފުޅުންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. 

"ރައީސް ނަޝީދު ބޭނުން ފުޅުވީ، އިންތިހާބު ޖަނަވަރީގައި އިއުލާން ކުރުމަށްފަހު ފެބްރުއަރީގައި އިންތިހާބު ބޭއްވުމަށް. ރައީސް ސޯލިހު ބޭނުންފުޅުވީ، އިންތިހާބު މި މަހު އިއުލާން ކުރުމަށް ފަހު އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް. އެހެން ކަމުން އަޅުގަނޑު ނިންމީ، މީގެ މެދަށް އިންތިހާބު ބޭއްވުމަށް. އެހެންވެސް ޑިސެމްބަރު މަހު އިއުލާން ކޮށް އަންނަ މަހުގެ 28 އަށް ތާވަލް ކުރީ. މިކަން ދެ ރައީސުންނަށްވެސް އެނގޭނެ." ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ތާއީދު ފޯމުގެ ކޮޕީއެއް ރައީސް ނަޝީދަށްވެސް މި މަހުގެ އެއް ވަނަ ދުވަހު ފޮނުވާފައި ވާނެ ކަމަށާއި، އެ މެސެޖުތައް އަދިވެސް ފޯނުގައި ހުރި ކަމަށެވެ. 

އަދި މި އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބުނެ އިންތިހާބު ގަޑުބަޑު ކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ފައްޔާޒް ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް