ads
ނިޒާމާ އެދެނީ ހުރިހާ ތަނެއްގެ ހުރިހާ ބޭފުޅުންގެ ދީލަތި އެހީ އަށް.
ނިޒާމާ އަށް އިތުރު ގޮތްތަކެއް ނެތް، އެދެނީ ދީލަތި އެހީ އަށް
ސ. މަރަދޫ ކުދިރުވާގެ އަށް އުފަން އުމުރުން 34 އަހަރުގެ އާމިނަތު ނިޒާމާގެ ވާހަކަ ދައްކާން ފަށާނަމަ ފަށަން ޖެހެނީ މިހިސާބުންނެވެ. ވާހަކައިގެ މެދުތެރެއިން ތަކުރާރުކޮށް ފާހަގަ ކުރެވުނު މި ޖުމްލައިންނެވެ. "އަޅުގަނޑު ބޭނުންވަނީ އެ ބިލް ކްލިއާކޮށްލަންވެގެން، ހުރިހާ ބޭފުޅުންގެ ދީލަތި އެހީއަށް" ށެވެ.

ނިޒާމާ ވާހަކަ ކުރިޔަށް ގެންދަމުން "ސިއެންއެމް" އަށް ބުނި ގޮތުގައި ސިކުނޑީގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ބޮލުގެ ކަނާތްފަޅީގެ ސާޖަރީއެއް މިދިޔަ މަހު އޭޑީކޭ އިން ކޮށްފައިވާ ކަމަށެވެ. ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށީގެން 17 ވަނަ ދުވަހަށް ހޮސްޕިޓަލުގައި ބާއްވައިގެން ބޭސްފަރުވާ ކުރުމަށްފަހު ހޮސްޕިޓަލުން ބޭރަށް ނިކުމެވުނީ ބޭސްފަރުވާ އަށް އަރާފައިވާ ފައިސާ ވަކި ގޮތަކަށް ދެއްކުމަށް އެއްބަސްވެގެންކަމަށް ނިޒާމާ ބުންޏެވެ.

ނިޒާމާ ބުނި ގޮތުގައި މުޅި ބޭސްފަރުވާގެ މުޅި ހަރަދަށް ޖުމްލަ 779،935.58 (ހަތް ލައްކަ ހަތްދިހަ ނުވަހާސް ނުވަ ސަތޭކަ ތިރީސް ފަސް ރުފިޔާ ފަންސާސް އަށް ލާރި) އެރި ކަމަށާއި އާސަންދައިންނާއި އެންސްޕާ އިން ކަވަރުކޮށްދީފައިވަނީ އޭގެ ތެރެއިން 594،000.00 (ފަސްލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާ) ކަމުގައެވެ.

އޭޑިކޭ އިން އެދިފައިވަނީ ނިޒާމާގެ ބޭސްފަރުވާ އަށް ޖުމްލަ އަރާފައިވާ ފައިސާގެ ތެރެއިން އެއްބަސްވުމުގެ މުއްދަތާ ހަމަޔަށް ނުދެއްކިވާ 185،935.58 (އެއްލައްކަ އަށްޑިހަ ފަސްހާސް ނުވަ ސަތޭކަ ތިރިީސް ފަސް ރުފިޔާ  ފަންސާސް އަށް ލާރި) ދެއްކުމަށް ކަމަށް ވީ ނަމަވެސް، އެ ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ދެއްކެން ނެތުމުން، އެ ހޮސްޕިޓަލާ އެކު ނިޒާމާގެ ފަރާތުން އެއްބަސްވެފައިވަނީ މަހަކު ވަކި އަދަދެއް ދައްކަމުން ގޮސް ޖުމްލަ އަދަދު ދައްކާ ހަލާސްކުރާ ގޮތަަށެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން 30،989.26 (ތިރީސްހާސް ނުވަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ސައްބީސް ލާރި) ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް ނިޒާމާ ބުންޏެވެ. އެހެން ނަމަވެސް، މި މަހު ދެއްކުމަށް އެއްބަސްވެފައިވާ އަދަދު އަދި ނުދެއްކޭ ކަމަށް ހިތާމަވެރި ރާގެއް ގައި "ސީއެންއެމް" އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ އާއިލާ އަކީ އެހާ ފުދުންތެރި އާއިލާއެއް ނޫން. އަޅުގަނޑަކީ މެރީކޮށްގެން ހުރި މީހެއް ނޫން. ހަތަރު ކުދިން އެބަތިބި. ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް، ނަފްސާނީ ބައްޔަށް ބޭސްކުރާ ކުއްޖެއް. އަޅުގަނޑު މަންމަ އަކީ ވެސް މެރީކޮށްގެން އުޅޭ މީހެއް ނޫން. އަޅުގަނޑުމެންނަށް މި ދެއްކޭނެ ހަމަ އެއްވެސް ގޮތެއް ނެތް އަދި ހަމަ އަޅުގަނޑުމެންގެ އާއިލާ އަކީ އެހާ ފުދުންތެރި އާއިލާއެއް ނޫން،" އަސަރާ އެކު ނިޒާމާ ކިޔައިދިނެވެ.


ނިޒާމާ އިތުރަށް ފާހަގަކުރި ގޮތުގައި މިހާތަނަށް ހަމައެއްގޮތަކަށްވެސް ފައިސާ ލިބިފައިނުވާތީވެ، ނިޒާމާގެ ފަރާތުން ހޮސްޕިޓަލުގައި ލުޔެއްދޭންވެސް ވަނީ އެދިފައެވެ. އެއާއެކު އޭނާ ބުނިގޮތުގައި އެއްބަސްވި ގޮތަށް ފައިސާ ނުދެއްކި މައްސަލަ ކޯޓަށް ދިޔުމުން އެކަމަށް އެހޮސްޕިޓަލުގެ ފަރާތުން ހޭދަކުރާ 25،000.00 (ފަންސަވީސްހާސް ރުފިޔާ) ވެސް ދައްކަން ޖެހެނީ ނިޒާމާގެ ފަރާތުން ކަމުގައެވެ.

"ހޮސްޕިޓަލުން ދީފައިވާ އެގްރިމެންޓާއި މިހާރު ބިލްގެ އެމައުންޓާއި ހުރިހާ އެއްޗެއް އެބައިން އަޅުގަނޑުގެ އަތުގައި، ހުރިހާ ޑޮކިއުމެންޓްސްތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި." - ނިޒާމާ


މިފަހަކަށް އައިސް ވަރަށް ގިނަ މީހުން އޮޅުވާލައިގެން ފައިސާ ހޯދާކަން ފާހަގަ ކުރަމުން ނިޒާމާ ބުނެފައިވަނީ އޭނާ އަތުަގައި ހުރިހާ ލިޔެކިއުންތަކެއް ހަމަޔަށް އެބަހުރި ކަމަށާއި ބަލާ މީހަކަށް އެ ޔަގީންކަން އޭނާ އަށް ދެވޭނެ ކަމަށެވެ.

"އެހާ ބޮޑު އާމްދަނީ އެއް ލިބެން އަޅުގަނޑަކީ ވަޒީފާ އަށް ދާ މީހެއް ނޫން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ ބައެއްގެ ފަރާތުންވެސް، ހުރިހާ ބޭފުޅުންގެ ފަރާތުން ދީލަތި އެހީ އަށް. މިސާލަކަށް މިއަދު ފަސް ރުފިޔާ މީހެއްގެ ފަރާތުން ލިބުނަސް އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އެއްޗެއް." - ނިޒާމާ

އެހީ އަކަށް އެދި ވަރަށް ބައިވަރު ތަންތަނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެއްވެސް ތާކުން އަދި ޖަވާބެއް ނުލިބޭ ކަމުން އޭނާ އެދެނީ ހަމަ ހުރިހާ ތަނެއްގެ ހުރިހާ ބޭފުޅުންގެ ދީލަތި އެހީ އަށް އެދި ޕޯސްޓެއް ޖަހަން ކަމަށް ވާހަކަ ކުރުކޮށްލަމުން ނިޒާމާ ބުންޏެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

އައިމިނަތު ނިޒާމާ: 9834300 960+ 

އައިމިނަތު ނިޒާމާ (ވައިބާ): 7677008 960+

ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7702471617101

ނޯޓް: އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ނިޒާމާ އާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް