ވ އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަރު ހިއްޕެވުމާއި މަނީލޯންޑްރިން ހިންގެވުމުގެ ކުށުގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.
އެއާއެކު އެހުކުމް ބަލައި ނުގަންނަކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަންނަނީ ކޮންމެ ރެއަކުވެސް މުޒާހަރާކޮށް އިހްތިޖާޖް ކުރަމުންނެވެ.
ރެއާއި އިއްޔެރޭވެސް މުޒާހަރާތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ވަނީ ފަހުން ދޫކޮށްލާފައެވެ.
މިރޭ ސައީދުއާއިއެކު 17 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ތެރޭގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކައުންސިލް މެމްބަރުންނާއި މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެކްޓިވިސްޓުން ހިމެނޭކަމަށް އިދިކޮޅުން ބުނެއެވެ.