
ޗައިނާގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން އިންޑިއާއިން ވަނީ ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ޗައިނާއިން މިފަހަރު ފެންމަތިވެފައި މިވަނީ ކޮވިޑުގައި އެންމެ ރައްކާތެރި ވޭރިއެންޓް ކަމަށްވާ "ބީއެފް.7" އޮމިކްރޯން ވޭރިއެންޓްގެ ކޮވިޑްކޭސްތަކެވެ.
އިންޑިއާއިން ވަނީ އެގައުމަށް ވައިގެ މަގުން، ކަނޑުމަގުން އަދި އެއްގަމުމަގުން އެތެރެވާމީހުންގެ ކޮވިޑް ނެގެޓިވް ނަތީޖާ އާއި އެކުނޫނީ އެތެރެވެސް ބޭރުވެސް ނުވެވޭގޮތަށް ދޮރާށިތައް ބަންދުކޮށްފައެވެ.
އިންޑިއާގެ ހެލްތުން އިއްޔެ ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރުވެސް އެގައުމުން 3400 ކަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު މި ނެގި ކޮވިޑްގެ ރާޅަކީ މި ވައިރަސްގެ އެންމެ ރައްކާތެރި ވޭރިންއެންޓް ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.
އެހެންކަމުން އެގައުމުގެ ސިއްހީ ތަޖުރިބާކާރުން ދަނީ މިހާރު އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް މާނައެއް ނެތް ބެކާރު ފިޔަވަޅު ތަކެއްގެ ގޮތުގައި ސިފަކޮށްފައެެވެ.އެގޮތުން އިންޑިއާގެ އުއްތަރަ ޕްރަދޭޝް އަށް ނިސްބަތްވާ މަޝްހޫރު ސިއްހީ ތަޖުރިބާ ކާރެއް ކަމުގައިވާ ޑރ، ޗައަދަރް ލަހްރިޔާ ބުނެފައިވަނީ، ޗައިނާއިން ވެސް އާއަހަރާއި ދިމާކޮށް ޖެނުއަރީ މަހުގައި ބޯޑަރުތައް ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު އަދި އެގައުމުން ފެނިފައިވާ ކޭސް ތަކުގެ އަދަދުވެސް އެއްވަރެއްގައި ހިފެހެއްޓެމުން ދާއިރު އިންޑިއާގައި އަޅާފައި މިވާ ފިޔަވަޅު ތަކުގެ ބޭނުމެއް އޭނާ އަށް ނުވިސްނޭކަމަށެވެ.
ޗައިނާގައި"ބީއެފް.7" އޮމިކްރޯން ވޭރިއެންޓްގެ ކޮވިޑްކޭސް ތައް ފެންމަތި ވާ ފެށުމާއި ގުޅިގެން އެގައުމުން އަޅާފައިވާ ފިޔަވަޅަކީވެސް ހަމައެކަނި ވެކްސިން ޖަހާ މިންވަރު އިތުރު ކުރުމެވެ. މިދަނޑިވަޅުގައި އެގައުމުން ބުނާގޮތުގައި ޖަހަމުން ދަނީ ސިނޮފާމް ވެކްސިން އެކަންޏެވެ، އަދި މި ވޭރިއެންޓާއި އެނމެ އެކަށީގެންވާ ވެކްސިނަކީވެސް ސިނޮފާމް ކަމަށް ޗައިނާގެ ސިއްހީ ވުޒާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އިންޑިއާގައިވެސް މިހާރުވަނީ ސިނޮފާމް ވެކްސިން ޖަހާ މިންވަރު އިތުރުކޮށްފައެވެ.
އިންޑިއާގެ އެހެން ސިއްހީ މާހިރެއްކަމުގައިވާ ޑރ.ލަލިތް ކާންތް ބުނެފައިވާގޮތުގައި، ކޮވިޑްގެ ވަބާއަކީ އޭގެ ޒާތުގައި ކުރިން ވަރަށް ނުރައްކާތެރި ވައިރަހެއް ކަމަށެވެ. ނަމަވެސް ވެކްސިންތަކާއި ބޭސްތައް ތާރަފުވެ މިހާރު އެ ވައިރަހާއި ހަނގުރާމަ ކުރަން އެތައް ވަސީލަތެއް އެބަހުއްޓެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިންޑިއާއިން އަޅާފައިމިވާ ފިޔަވަޅު ތަކަކީ ތާއީދު ކުރެވޭނެ ފިޔަވަޅުތަކެއް ނޫން ކަމަށެވ.
އިންޑިއާގެ އެހެން ސިއްހީ ތަޖުރިބާ ކާރެއްކމުގައިވާ ކަޝްމީރަށް ނިސްބަތްވާ މަޝްހޫރު ޑޮކްޓަރު ފަރުހާނުއްދީން ބުނާ ގޮތުގައި ކަޝްމީރުގައި ކޮވިޑްގެ ބޫސްޓަ ޑޯޒްވެސް އާބާދީގެ ތިން ބައިކުޅަ ދެބައި މީހުން ވަނީ ޖަހާފައެވެ، އަދި އިންޑިއާގެ މުޅިއާބާދީއަށް ބަލައިފިނަމަ ހަތަރުބައިކުޅަ 2 ބައި މީހުން ވާނީ އެންމެ ކުޑަ މިންވަރަކަށް ވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
އޭގެއިތުރުން އޭނާ ބުނީ ޗައިނާގައި ބޭނުންކުރި ވެކްސިންތަކަށް ވުރެ އިންޑިއާގައި އުފެއްދި ވެކްސިންތައް މާ ރަނަގަޅުކަމަށާ އެކަން ވާނީ މުޅި ދުނިޔެއަށް ހާމަވެފައިކަމަށެވެ. އެގޮތުން ސިނޮފާމް ވެކްސިނަކީވެސް އިންޑިއާއިން އުފެއްދި ވެކްސިނެއްކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިއާގެ ހެލްތުމިނިސްޓްރީން ވަނީ އިންޑިއާގެ 27 އިންސައްތަ މީހުން ވަނީ ބޫސްޓަ ޑޯޒް ނުވަތަ އިންޑިޔާގައި ކިޔާ ނަމުން ނަމަ، ޕްރިކުއޭޝަން ޑޯޒް ފުރިހަމަކޮށްފައެވެ.
ނަމަވެސް މި ތިން ޑޮކްޓްރުންގެ ޓީމުންވެސް އިންޑިއާގެ ރައްޔިތުންނަށް ވަނީ ބޭކާރުގޮތުގައި އެއްވެ އުޅުން ރަނގަޅުނުވާނޭ ކަމަށް އިލްތިމާޒް ކޮށްފައެވެ.