ads
އަލީ ހާލިދު އަލުން ޕީއެސްއެމް އަށް، ޝަމީމް ރައީސް އޮފީހަށް
އަލީ ހާލިދު އަލުން ޕީއެސްއެމް އަށް، ޝަމީމް ރައީސް އޮފީހަށް
ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވި އަލީ ހާލިދު އަލުން އެމަގާމަށް އައްޔަން ކުރުމަށް ނިންމާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ޝަމީމު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
Advertisement

އަލީ ހާލިދުގެ ދައުރު މިދިޔަ ހޮނިހުރު ދުވަހު ހަމަވެފައި ވާއިރު، ޝަމީމުގެ މަގާމުގެ މުއްދަތު ހަމަވެފައި ވަނީ، މިމަހުގެ 26 ވަނަ ދުވަހު އެވެ. 

މި ދެބޭފުޅުންގެ ދައުރު އިތުރު ނުކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމާ އެކަން ޕީއެސްއެމް އަށް ވަނީ މީގެ ކުރިން އަންގާފަ އެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަަދު ވިދާޅުވީ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަގާމަށް ޝަމީމް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ޕީއެސްއެމްގެ ބޯޑަށް އަލުން މެމްބަރުން އައްޔަން ކުރެއްވުމުގެ ކަންކަން ޕީސީބީ އިން ކުރަމުން އަންނަ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. 

ޕީއެސްއެމްގެ ބޯޑަށް އަލުން މެމްބަރުން އައްޔަން ކުރެއްވުމުގެ ކަންކަން ޕީސީބީ އިން ކުރަމުން އަންނަ އިރު، އިތުބާރުހުރި ފަރާތަކުން "ސީއެންއެމް" އަށް މިއަދު ކަށަވަރު ކޮށްދިންގޮތުގައި، އަލުން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ކުރިންވެސް އެމަގާމުގައި ހުންނެވި އަލީ ހާލިދު އައްޔަން ކުރުމަށް ވަނީ ނިންމާފަ އެވެ. 

އެހެން ނަމަވެސް ޕީއެސްއެމްގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ، ކޮން ބޭފުޅެއް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. 

ޕީސީބީއިން މީގެ ކުރިން ޕީއެސްއެމް އަށް ފޮނުވި ސިޓީގައި، ޕީއެސްއެމްގެ އެމްޑީ އަދި ޑީއެމްޑިީގެ މަގާމަށް ބޭފުޅުން އައްޔަން ކުރެވެންދެން ޕީއެސްއެމްގެ ހިންގުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުހައްމަދު ސައީދު އާއި ހަވާލު ކޮށްފައިވާކަން އަންގާފަ އެވެ. އަދި މު މުއްދަތުގެ ތެރޭ  ބޯޑުގެ ބައްދަލުވުންތަކުގައި ސައީދަށް ބައިވެރިވެވޭނެ ކަމަށް ވެސް ޕީސީބީން ވަނީ ނިންމާފަ އެވެ. 

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަން ކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި، ކުންފުނީގެ ސިޔާސަތާ ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާ ގުޅޭ އެއްވެސް ނިންމުމެއް ނުވަތަ ކަމެއް ނުކުރުމަށް ޕީސީބީ އިން ޕީއެސްއެމްއަށް އަންގާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް