މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ މި މަސްތުވާތަކެތި ފެނިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ބެލްޖިއަމްއިން ރާއްޖެއަށް ގެނައި ޕެކޭޖަކުން ކަމުގައެވެ.
އެތަކެއްޗާއި އެޕެކޭޖާއި ގުޅުންހުރި މީހަކު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މެޑެފްރޯން ނަމަކަށް ކިޔާ މަސްތުވާތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ. ޕެކިނާއިއެކު މިތަކެތީގެ ބަރުދަނުގައި 1.010 ކިލޯ ގްރާމް ހުރިކަމަށްވެސް ކަސްޓްމަސްއިން ބުނެއެވެ.