ads
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވީއައިއޭގެ އެކި ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭ ފައިސާއިން.
ސޮވެރިން ފަންޑަށް 807.6 މިލިއަން ރުފިޔާ ޖަމާކޮށްފި
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އަށް 807.6 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިމަހުގެ 22 ވަނަ ދުވަހާ ހަމަޔަށް އެ ފަންޑަށް ވަނީ 807.6 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

މިއީ މި އަހަރު ސޮވެރިން ފަންޑަށް ޖަމާކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި އަދަދަށް ވުރެ 38.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރު ނިމޭއިރު ފަންޑަށް ޖަމާކުރެވޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 769.2 މިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިހާރު އެ ފަންޑުގެ ސައިޒަކީ 5.7 ބިލިއަން ރުފިޔާއެވެ. މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފަންޑުގެ ބޭންކު ބެލެންސް ގެ ގޮތުގައި ހުރީ 764 މިލިއަން ރުފިޔާއެވެ.

މި ފަންޑަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނު ދެއްކުމުގެ ގާބިލުކަން ހޯދުމަށާއި ނަގާ ދަރަނި އަދާކުރުމުގައި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައޭ) ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނެގޭ އެއާޕޯޓް ޑިވެލޮޕްމެންޓު ޗާޖް (އޭޑީސީ) އިންނާއި އެއާޕޯޓުގެ އެކި ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭ ފައިސާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް