ads
ރައީސް ސޯލިހް އަދި ރައީސް ނަޝީދު: ފޮޓޯ މަޖިލިސް
ރައީސް ސޯލިހްގެ ސަރުކާރަށް އެމްޑީޕީ މެނިފެސްޓޯ ތަންފީޒެއް ނުކުރެވުނު: ނަޝީދު
މިހާރު ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެމްޑީޕީގެ މެނިފެސްޓޯގައިހުރި ކަންކަން ތަންފީޒު ނުކުރެވުނުކަމަށް ވިދާޅުވެއް އެމްޑީޕީގެ ރައީސް އަދި ރާއްޖެގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
Advertisement

"ފިކުރެއްގެ ދިރުން" މިނަމުގައި ރިޔާސީ ޕްރައިމަރީ ފެއްޓެވުމަށް ރޭ ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދުވަނީ ވަރަށް ބޮޑަށް ރައީސް ސޯލިހްއަށް ފާޑުވިދާޅުވެފައެވެ.

އަންނަ ޖެނުއަރީ 28 ގައި ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވާދަކުރައްވައެވެ. ރައީސް ސޯލިހް އިއްޔެވަނީ ޕްރައިމަރީ ފަސޭހަކަމާއިއެކު ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުވެގެން ދިއުން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ވަމުން ނުދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމްޑީޕީގެ މެނިފެސްޓޯ ތަމްފީޒު ނުކުރެވޭކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ބައެއް މިސާލުތައްވެސް ނަންގަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބަރުލަމާނީ ނިޒާމެއް ބޭނުންވަނީ ވެރިކަން ހިނގާގޮތް ރީތިކޮށް އެނގެން ބޭނުންވާތީ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި މިކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މެނިފެސްޓޯގައި ވާކަމަށާއި ނަމަވެސް ރައީސް ސޯލިހަށް އެމަގުން އެކަން ނުކުރެވުނުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޔެ ރައީސް އޮފީހުގައި އޮފް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ބަރުލަމާނީ ވޯޓާމެދު ކޯލިޝަން ލީޑަރުން އެއްބަސްވެވަޑައިގެންފައި ނުވާކަމަށެވެ. އަދި ބަރުލަމަނީ ވޯޓާމެދު ގޮތެއް ނިންމޭނީވެސް ކޯލިޝަން ލީޑަރުންނަށް އެއްބަސްވުމަކަށް އާދެވިގެންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީީގެއިތުރުން ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި އިގްތިސޯދީ ހަރަކާތް ހިންގާނެގޮތް މެނިސްފެސްޓޯގައި ލިޔެފައިވީ ނަމަވެސް އެމަގުން މިސަރުކާރަށް އެކްނ ނުކުރެވުނުކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ. އަދި ތައުލީމީ ސިޔާސަތު އެއް ދަންފަޅިއަށް ބަދަލުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ނަމަވެސް އެކަންވެސް މިސަރުކާރަށް ނުކުރެވުނުކަމަށް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިންނަށް ވި އެއްވެސް ވައުދެއް މިސަރުކާރަށް ނުފުއްދުނުކަމާއި ގޭދޮށު މަސްފެކްޓްރީގެ ކަންކަންވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހުރިގޮތަށް ފެށިފައި ނުވާކަމަށްވެސް ރައީސް ނަޝީދު ރޭ ވިދާޅުވިިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް