
ސްޓާ ޕުލަހުން މިހާރު ދައްކާ ޓީޒާއިން ފެނިގެންދަނީ އަނޫރާގް އާއި ޕްރެނާ ލޯބިން ގުޅިގެން އުޅޭ މަންޒަރެވެ. އަދި އެދެމީހުންގެ ދަރިވެސް ފެނިގެންދެއެވެ. ނަމަވެސް ޓީޒާ ނިމިގެންދަނީ އުސް އިމާރާތަކުން އަނޫރާގު ޕްރެނާ ވައްޓާލާ މަންޒަރެވެ.
އިންޑީއާގެ ނޫސްތަކުން ބުނާގޮތުގައި ބަޖާޖު އައިސް ޕްރެނާ ސަލާމަތް ކުރެއެވެ. އަދި ބަޖާޖުގެ އެހީގައި ޕްރެނާ ޝަހްސު އޮޅުވާލައިގެން އެނާ ހިތުގައި ހުރި ސުވާލުތައް ކުރުމަށް އަނޫރާގް ކައިރިއަށް އަނބުރާ އަންނަ ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.
ކަސޯޓީގެ ދެވަނަ ބައި ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ގިނަ ބައެއް މަގުބޫލުކަން ހޯދާފައިވާ އެ ސީރީޒްއަކީ ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސީރީޒެކެވެ.
އަނޫރާގްގެ ރޯލުން ޕާތު ސަމްތާނު ފެނިގެންދާއިރު ޕްރެނާގެ ރޯލުން ފެނިގެންދަނީ އެރިކާއެވެ. އަދި ބަޖާޖުގެ ރޯލުން ފެނިގެންދަނީ ކަރަން ސިންގް ގްރޯވާއެވެ.