މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު ލަންކާ އަށް ފުރާވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ރައީސް ސޯލިހު ލަންކާ އަށް ވަޑައިގެންފައި ވާއިރު، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ލަންކާ އަށް ވަޑައިގެންފަ އެވެ.
މިދަތުރުފުޅާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އާއި ސުވާލު ކޮށްލުމުން ވިދާޅުވީ، ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ލަންކާ އަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހު ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
މި ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ތަރުޖަމާނު ދެއްވާފައި ނުވެ އެވެ.