ads
އެޑިއުކޭޝަން މިނިސްޓަރު
އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލައިނުގަތް
މާލޭ އިންގްލިޝް ސްކޫލް ނުވަތަ އެމްއީއެސް ކުރިން ހިންގި އިމާރާތުގެ މައްސަލާގައި ބަދަލު ދިނުން ލަސްވެގެން ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ ދެކޮޅަށް މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، އެ މައްސަލަ ބަލައިގަންނާނެ ތަނެއް ނެތް ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާއެވެ. ރަޖިސްޓްރާ ބުނީ އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި އޮތް ގޯހެއް ނުވަތަ ކުށެއް މާލޭ ހައި ކުންފުންޏަށް ބުނެ ދެވިފައިނުވާ ކަމަށެވެ.

އިއްޒުއްދީން ސްކޫލްގައި މިހާރު ހިންގާ އެ އިމާރާތަކީ ކުރިން އެމްއީއެސް ހިންގި އިމާރާތެވެ. 

އެ އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ދީފައި ވަނިކޮށް 2013 ވަނަ އަހަރު ސަރުކާރުން އެތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލާގައި 15 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން ސިވިލް ކޯޓުން ހުކުމްކުރި އެވެ. 

މާލެ ހައި ކުންފުނިން މިނިސްޓަރު އައިޝަތުގެ މައްޗަށް ދައުވާކުރީ ކޯޓުން ފައިސާ ދައްކަން ދިން އެއް މަސް ތެރޭގައި ފައިސާ ނުދެއްކި ކަމަށް ބުނެ އޭނާގެ އިހުމާލު އޮތްކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ކޯޓުން ނިންމީ އިހުމާލެއް ނެތް ކަމަށެވެ.

.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް