އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ސަރަހައްދުގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ.
ފުރަތަމަ ހާދިސާ ހިނގީ މިއަދު ހަވީރު ބަނދަރު ސަރަހައްދުގައެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ކޮންޓްރޯލްކޮށްވަނީ ނިއްވާލާފައެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
ނަމަވެސް މިރޭ އަނެއްކާވެސް ބަނދަރުގެ އެހެން ސަރަހައްދެއްގައި އަލިފާން ރޯވެފައިވާއިރު އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އަލިފާން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ރޯވެފައިވާ ތަނުން ދުންއަރާތީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާކަމަށެވެ.
މިރޭ ރޯވެފައިވަނީ ހުޅުމީދޫ މަގުހެދުމަށް ގެންގޮސްފައިވާ ތާރުފީފާތައް ބަހައްޓާފައިހުރި ތަނެއްގައެވެ.