މިމައްސަލާގައި އެއް އަހަރާއި ހަތް މަސްދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2018 ވަނަ އަހަރާއި ހަމައަށް ޖެންޑަރ މިނިސްޓްރީގެ ވަޒީފާގައި ހުރި މީހެއްގެ މައްޗަށެވެ.
އެނާގެ މައްޗަށް ސާބިތުވެފައިވަނީ ސައްހަ ނޫން ވަގު އެއްބަސްވުމެއް އުފައްދައިގެން، މަކަރާއި ހީލަތުން ދެ މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެކެވެ. ނަމަވެސް އޭނާއަށް ކުރި ދައުވާއަށް އިންކާރު ކޮށްފައިވެއެވެ.
މި މައްސަލާގައި އޭނާ ދެ މީހެއްގެ އަތުން 160000 ރުފިޔާ މަކަރާއި ހީލަތުން ހޯދާފައިވާކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން އެނގެން އޮންނައިރު އޭނާއާއި ދެކޮޅަށް ދައުލަތުން 14 ހެތްކެއް ހުށަހަޅާފައިވެއެވެ.
އެހެންކަމުން ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް އޭނާގެމައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއްވަނީ އިއްވާފައެވެ.