ads
މޮރޮކޯ ކުޅުންތެރިން
2022، މޮރޮކޯގެ އަހަރެއް
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށުނު އިރު ގްރޫޕް އެފްގައި އޮތް މޮރޮކޯއަކީ މުބާރާތުގެ މާ ކުރިއަށް ދެވިދާނޭ ޓީމެއް ކަމަށް އެއްވެސް ބަޔަކު ގަބޫލު ނުކޮށްފާނެއެވެ.

ގްރޫޕް އެފްގައި މޮރޮކޯއާއެކު ހިމެނުނީ ކްރޮއޭޝިއާ، ބެލްޖިއަމް އަދި ކެނެޑާއެވެ. ކްރޮއޭޝިއާއާ ބެލްޖިއަމް ހިމެނުނު ގްރޫޕަކުން އެއްވަނަ ހޯދައިގެން ދެވަނަ ބުރުން ފުރުސަތު ހޯދާނެ ޓީމަކީ މޮރޮކޯ ކަމަށްވާނެ ކަމަށް އަދި އަމުދުން ބަޔަކު ގަބޫލު ނުކޮށްފާނެއެވެ. އެހެންނަމަވެސް 2022 ވަނަ އަހަރަކީ މޮރޮކޯގެ އަހަރެއްކަން ސާބިތުކޮށްދިނީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ގޮސްގެނެވެ.

ބެލްޖިއަމް އާއި ކެނެޑާ ބަލިކޮށް، ކްރޮއޭޝިއާއާ އެއްވަރުކޮށް ގްރޫޕުގެ އެއް ވަނަ ހޯދައި ދެ ވަނަ ބުރަށް ދަތުރުކުރި މޮރޮކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދީ 2010 ގެ ޗެމްޕިއަން ސްޕެއިން ޕެނަލްޓީން ބަލިކުރުމަށް ފަހު އެވެ. އަދި ކުއާޓާގައި ގަދަފަދަ ޕޯޗުގަލް ބަލިކުރިއެވެ. 

ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވިނަމަވެސް މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

2022 ވަނަ އަހަރަކީ މޮރޮކޯގެ ފުޓްބޯޅައިގަ ތާރީޚުގައި ރަން އަކުރުން ފެވޭނެ އަހަރަކަށް ވެގެންދިޔައީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެފްރިކާގެ ގައުމަށްވުމުގެ އިތުރުން އަދި އެ ޝަރަފް ހޯދި އަރަބި އިސްލާމީ ފުރަތަމަ ގައުމަކަށް ވެސް ވެގެންނެވެ.

ވޯލްޑްކަޕުގައި މޮރޮކޯގެ ނަތީޖާތައް

ކްރޮއޭޝިއާއާ ލަނޑެއް ނުޖެހި އެއްވަރުވުން (ގްރޫޕް ސްޓޭޖުގައި)

ބެލްޖިއަމް އަތުން 2-0 މޮޅުވުން (ގްރޫޕް ސްޓޭޖުގައި)

ކެނެޑާ އަތުން 2-1 މޮޅުވުން (ގްރޫޕް ސްޓޭޖުގައި)

ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވުން (ރައުންޑް އޮފް ސިކްސްޓީންގައި)

ޕޯޗުގަލް އަތުން 1-0 މޮޅުވުން (ކުއާޓާ ފައިނަލްގައި)

ފްރާންސް އަތުން 2-0 ބަލިވީ (ސެމީ ފައިނަލްގައި)

ކްރޮއޭޝިއާ އަތުން 2-1 ބަލިވީ (ތިންވަނަ ހޮވާ މެޗުގައި)

ގަތަރު ވޯލްޑްކަޕުގައި ހޯދި ބޮޑު ކާމިޔާބާއެކު މޮރޮކޯގެ މިހާރުގެ އަމާޒަކީ 2030 ގެ ވޯލްޑްކަޕް މުބާރާތް އެގައުމުގައި ހޯސްޓް ކުރުމެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މޮރޮކޯ އިން ފަހަރުގައި ޓިއުނީޝިއާ އާއި އަލްޖީރިއާ ގުޅިގެން ނުވަތަ މިސްރާ ގުޅިގެން ވެސް ބިޑުކޮށްފާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް