އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނިން މާލެތެރޭގައި ދުއްވާ ބަސްތަކުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ އާންމު ހިދުމަތުގެ ޓްރަޔަލެއްގައި ވިސާ ކޮންޓެކްޓްލެސް ކާޑު އަދި މާސްޓަކާޑު ބޭނުންކޮށްގެން ދަތުރު ކުރުމުގެ ފުރުސަތު އާރްޓީއެލް ބަސްތަކުގައި ދަތުރުކުރާ ފަރާތްތަކަށް މާދަމާ ހުޅުވާލާނެ ކަމަށެވެ.
މި ޓްރަޔަލް ކުރިޔަށް ދާނީ އަމީނީ މަގާއި ސޯސަންމަގުގެ އިތުރުން އޯކިޑް މަގުގައި ދުއްވާ ބަސްތަކުގައި ކަމަށާއި ސިސްޓަމްތައް ޓެސްޓުކުރުމަށް ބާއްވާ މި ޓްރަޔަލް ކުރިޔަށް ދާނީ މި ފެށޭ އާ އަހަރުގެ ފުރަތަމަ ދެ ދުވަހު އެކަނި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.