ads
އެވިޑް ކޮލެޖް-- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
އެކްރެޑިޓް ނުކުރާ ކޯހެއް ނުހިންގަން އެއީ އިސްތިހާރުގެ ކުށެއް
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިސްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

އެމްކިއުއޭގެ އެކްރެޑިޝަނާ ޚިލާފަށް ކޯހުގެ މުއްދަތުގެ މައުލޫމާތު ހިމަނާފައި އޮތުމާއެކު، އެކްރެޑިޓް ނުކުރާ ކޯސްތަކެއް ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އަންގައި އެ އިދާރާއިން ނޫސް ބަޔާނެއް ވަނީ ނެރެފައެވެ.

އެ ބަޔާނާ ގުޅިގެން އެވިޑުން ނެރުނު ނޫސް ބަޔާނެއްގައިވާގޮތުގައި އިސްތިހާރު ކުރުމުގައި ކުށް ލިޔެވުނު ކޯސްތަކުގެ މައުލޫމާތު އިސްލާހުކުރުމަށް ފަހު މިހާރު ވަނީ އާންމުކޮށްފައެވެ.

އެގޮތުން އޭސީސީއޭ އެޕްލައިޑް ނޮލެޖަކީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށް، ހިންގާ ލެވެލް ފަހެއްގެ ކޯހެކެވެ. އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ލެެވެލް ހަތެއްގެ ޕްރޮގްރާމެކެވެ.

އެވިޑުން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް އެމްކިއުއޭއިން އެކްރެޑިޓްކޮށް، ހިންގަން ހުއްދަ ދީފައިވާ ކޯސްތަކެއް ކަމަށެވެ.ނަމަވެސް މި ދެ ކޯސް އިސްތިހާރުކުރުމުގައި ލިޔެވިފައިވާ ކުށް އެ ކޮލެޖުގެ ސަމާލުކަމަށް އެމްކިއުއޭއިން ގެނައީ، އެ ކޯހާ ގޫޅޭގޮތުން ބަޔާނެއް ނެރެ، ކުށް އިސްލާހުކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނުދީކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.

އެކަމާއި ގުޅިގެން އެވިޑުކޮލެޖުން އެ ބަޔާނުގައި ބުނެފައިވަނީ ގޮތަށް އެމްކިއުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިސްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް ފުރުސަތު އެކޮލެޖަށް ގެއްލިފައިވާ ކަމަށާ އެމްކިޔުއޭގެ ނޫސް ބަޔާން ނެރެފައިވަނީ އެ ކޮލެޖުން ނިޔަތެއް ނެތި އިސްތިހާރު ކޮށްފައިވާ ގޮތަކަށް ވުމުން ވެސް ހިތާމަ ކުރާކަމަށެވެ.

އޭގެ އިތުރުން އެ އިއުލާނުގައި ވާގޮތުން އެ ދެ ކޯހަކީ އަދި ފަށާފައިވެސް ނުވާ ދެކޯސް ކަމަށް ވެސް އެވިޑުގެ އެ އިއުލާނުގައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް