ads
ގެއްލިގެން ހޯދާ ދެ މީހުން
ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަނީ
ޑިސެމްބަރ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައިފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އެއީ ދިވެއްސަކާ ބަންގްލަދޭޝް މީހެކެވެ.

ފުލުހުން މިރޭ ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޒާމް،  45، އަދި  ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން، 35، ކަމަށެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. 

މުޙައްމަދު ނިޒާމް އަދި މޮހައްމަދު ލިޓަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުންޏެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް