ads
ޓްރީ ޓޮޕް ހޮސްޕިޓަލް---ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އަގުތަކާއެކު ހެލްތު ކެއާ ޕެކޭޖްތަކެއް ތައާރަފު ކޮށްފި
މިއަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދެ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހާއްސަ އަގުތަކަކާއެކު ހެލްތު ޗެކަޕް ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

އެޕެކޭޖްތަށް އާންމުންނަށް ހުޅުވާލެވިފައިވަނީ މާރިޗު އެކަކުން 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޓްރީ ޓޮޕުން ވަނީ ބުނެފައެވެ.

ޓްރީ ޓޮޕުން ހާއްސަ އަގުތަކާއެކު ތައާރަފްކުރި ޕެކޭޖްތައް:

  • ކްރޯނިކް ކިޑްނީ ޑިޒީސް (ގުދުރާ ނިޒާމްގެ ބަލިތައް) ސްކްރީނިން ޕެކޭޖް: 150 ރުފިޔާ
  • އައި ކެއާ (ލޯ ޗެކް ކުރުމުގެ) ޕެކޭޖް: 350 ރުފިޔާ
  • ޑެންޓަލް ކެއާ (ދަތުގެ ފަރުވާއަށް ޙާއްސަ) ޕެކޭޖް: 650 ރުފިޔާ
  • ހެލްތު ޗެކަޕް ޕެކޭޖް (40 އަހަރުން ދަށަށް) : 1250 ރުފިޔާ
  • ހެލްތު ޗެކަޕް ޕެކޭޖް (40 އަހަރުން މަތި) : 2800 ރުފިޔާ

ބައިނަލްއަގްވާމީ ފެންވަރަށް ސިއްހީ ހިދުމަތް ދިވެހި ރާއްޖޭގައި ގާއިމްކޮށް ކުރިއެރުވުމަށް އަމާޒުކޮށް، ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވިފައިވަނީ އެކެއް މާރިޗު 2018 ގައެވެ. 

ވިހި ސްޕެޝިއަލްޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލް ހިދުމަތްދެމުން ގެންދަނީ ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ހިދުމަތް ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއަހަރު ފުރޭއިރު، ފާހަގަކޮށްލެވޭ އާ ހިދުމަތްތަކުގެ ތެރޭގައި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަރީ، ރޫމަޓޮލޮޖީ (ރާއްޖެބައްޔާއި ބެހޭ)، އަދި އެމްބާމްކުރުމުގެ ހިދުމަތް ހިމެނޭ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް