މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައިފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ހޯދަމުންދަނީ:
މިއަދު ފުލުހުން ބުނިގޮތުގައި އެދެމީހުން ދަތުރުކުރި ބޯޓު، މާލޭ އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެއެވެ. ފުލުހުން ބުނީ، އެބޯޓުން ދަތުރުކުރީ ހަމައެކަނި އެ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.