މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ އެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފަ އެވެ. މިއީ، ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ.
މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ އެވެ.
އެ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، މުޅި ރާއްޖެއަށް ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ދީ ނިންމާލެވުނީ ގިނަ އިންވެސްޓުމަންޓުތަކާ އެއްކޮށް ދުރާލާ ރާވައިގެން ގިނަ މަޝްރޫއުތަކެއް ހިންގައިގެން ކަމަށެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ، މިއީ ގިނަ ބަޔަކަށް އިންޓަނެޓު ހޯދުމުގައި ތަހަންމަލު ކުރަން ޖެހުނު ދަތިތައް ތާރީހުގެ ތެރެއަށް ގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.