ads
ނާއްޕެ
ނާއްޕެގެ ބަންދު އިތުރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރި، މަޝްހޫރު ބައިބަލާ ޕްރެސެންޓަރ ނާފިއު ރަޝީދު ނާއްޕެގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

މައުލޫމަތު ލިބިފައިވާ ގޮތުގައި ނާއްޕެ ހައްޔަރު ކުރީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އިތުރު ހަތަރު މީހުންނާ އެކުގައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ.
އެއީ، ނާއްޕެއާއި، އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.

އޭގެ ތެރެއިން ޝިނާނަކީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރެއްވި ގާނޫނީ ވަކީލެކެވެ.  އެނގިފައިވާ ގޮތުގައި އޭނާ ވަނީ 2023 ވަނަ އަހަރު އެ އޮފީހުން ވަކިވެފައެވެ. އަދި މިހާރު ހުރީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވަކީލެއްގެ މަގާމުގައެެވެ.

އޭރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުކުރީ ތިން ދުވަހަށެވެ. އެ މުއްދަތު ހަމަވެ، އިއްޔެ އެ މީހުން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ނާއްޕެ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. އަދި ބާކީ ތިން މީހުން އިތުރު 10 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް