ads
އުލިގަމު މަސްފިހުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ: ކައުންސިލް
އުލިގަމު މަސްފިހުމުގެ ހަރަކާތް ފެށިގެން ކުރިޔަށް
މީލާދީ އާ އަހަރު ފެށޭ ދުވަހު އުލިގަމުގައި ބާއްވަމުން އަންނަ މަސް ފިހުމުގެ ބޮޑު ހަރަކާތް ފެށިގެން ކުރިޔަށް އެބަދެއެވެ.

މިއަދު ފަތިހު 5:30 ގައި މަސް ހިފަން ދޯނިތައް ފުރުމާއެކު ފެށުނު މި ހަރަކާތް ފޯރިޔާއެކު ކުރިޔަށް އެބަދާ ކަމުގައި ކައުންސިލް ރައީސް މައުލޫމާތު ދެއްވިއެވެ. 

"ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" ނަމުގައި ކުރިޔަށްދާ މި ހަރަކާތުގެ ބުފޭ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. 

މި ހަރަކާތަކީ 1980 ވަނަ އަހަރުން ފެށިގެން އުލިގަމުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް އޭރު ފެށީ އުލިގަމު ޒުވާނުންތަކެއް އިސްނަގައިގެންނެވެ. 

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި މަސް ފިހުމުގެ ހަރަކާތް 2011 ވަނަ އަހަރުން ފެށިގެން ކުރިޔަށްދަނީ ކައުންސިލްގެ ވެސް ހިއްސާއާ އެކުއެވެ. އުލިގަމު ކައުންސިލްގެ ބަޖެޓުން އެކަމަށް ބަޖެޓް ކަނޑައަޅައި، މަސައްކަތެއްގެ ގޮތުގައި ކަލަންޑަރު ކުރެވި ރަސްމީ އިވެންޓެއްގެ ގޮތުގައެވެ. 

މީގެ ކުރިން މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ޝައްވާލް މަހުގެ 6 ރޯދަ ނިމުން ފާހަގަކުރުމުގެ ގޮތުންނެވެ.

މިފަހަރުގެ އިވެންޓުގައި ރަށުން ބޭރު ވަރަށްގިނަ ފަރާތްތަކެއް ބައިވެރިވާ ކަމުގައި ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް