އުރްވަޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް އިރުފުށި ރިސޯޓުގައެވެ. އޭނާ ރާއްޖެ އައިސްފައި އިއްޔެގެ ވަގުތެއްގައެވެ.
އުރްވަޝީ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.
އުރްވަޝީ ވަނީ "ހޭޓް ސްޓޯރީ 4" އާއި "ސަނަމް ރޭ" އާއި "ކާބިލް" އަދި "ގްރޭޓް ގްރޭންޑް މަސްތީ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެނާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕާގަލް ޕަންތީ" އިންނެވެ.