ads
ވެހިކަލް ފީ ދެން ބަލައިގަންނާނީ "ސަވާރީ ޕޭ" ޕޯޓަލުން
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާތައް ބަލައިގަތުން ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ސަވާރީ ޕޭ" ޕޯޓަލަށް ބަދަލުކޮށްފިއެވެ.

މީގެކުރިން އެ ފައިސާ ބަލައިގަންނަމުން ދިޔައީ މީރާ މެދުވެރިކޮށެވެ. އެހެންނަމަވެސް، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެ ފައިސާ ކައުންސިލްތަކަށް ޖަމާވާގޮތަށް އުސޫލު ބަދަލުކޮށްފައެވެ. 

އެހެންކަމުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މީރާ މެދުވެރިކޮށް މި ފީތައް ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.

މީރާ އަށް ކުރިން ބަލައިގަންނަމުން ގެންދިޔަ އެއްގަމު އުޅަނދު ފީ އާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީ އާއި ޓްރެފިކް އަދި ޕާކިންގް ވަޔަލޭޝަން ޖޫރިމަނާ ފައިސާ ދެން ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީ ޕޭ" މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

"ސަވާރީ ޕޭ" މެދުވެރިކޮށް ދައްކާ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ގޮތަށް ބަނޑޭރި ޕޭ ގާއިމުކުރުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައިވާ އިރު، މި މަހުގެ އެއްވަނަ ދުވަހުން ބަނޑޭރި ޕޭ ގާއިމުނުކުރާ ކައުންސިލްތަކުގެ ފައިސާ ޖަމާވާނީ ދައުލަތުގެ އާމްދަނީ އެކައުންޓަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ. 

ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު، މި ބަދަލާ އެކު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް