ads
ކްރިސްޓަލީނާ ޖޯޖިއެވާ
މި އަހަރަކީ ދުނިޔޭގެ އިގްތިސާދަށް އުނދަގޫ އަހަރަކަށް ވާނެ: އައިއެމްއެފް
އިގްތިސާދީ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމު ތަކުގެ އިގްތިސާދު މަޑުޖެހިފައިވާކަމަށާއި އެހެންކަމުން މިފެށުނު 2023 ވަނަ އަހަރަކީ ދުނިޔޭގެ އިގްތިސާދަށް އުނދަގޫ އަހަރަކަށް ވާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވެއްޖެ އެވެ.
Advertisement

ޖޯޖިއޭވާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކަށް ކަމަށްވާ އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި ފެށުނު 2023 ވަނަ އަހަރަކީ 2022 ވަނަ އަހަރަށްވުރެ ދުނިޔޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށް އުނދަގޫ އަހަރަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މި އަހަރު ރިސެޝަންގައި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ޖޯޖިއޭވާ ވަނީ ވިދާޅުވެފައެވެ. ޖޯޖިއޭވާ ވަނީ ޗައިނާގެ ކޮވިޑްގެ ހާލަތު ބަދަލުވެގެން ދިއުމުންވެސް އެކަމުގެ ސަބަބުން އިގްތިސާދަށް އަސަރުކުރާނެކަމަށް ވިދާޅުވެފައެވެ.

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުކަން ފާހަގަކުރައްވަމުން ޖޯޖިއޭވާ ވިދާޅުވީ ޗައިނާގެ"ޒީރޯ ކޯވިޑް" ސިޔާސަތު އުވާލުމާ ގުޅިގެން ކޮވިޑް-19 ގެ ކޭސްތައް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަލުން މުޅި ޗައިނާއަށް ކޮވިޑް ފެތުރުމުގެ ބިރު އޮތްއިރު އެސަބަބާއިހުރެ ޗައިނާގެ އިގްތިސާދު ކުރިއަރާނީ ދުނިޔޭގެ އިގްތިސާދު ކުރިއަރާވަރަށް މަޑުންކަމަށް ލަފާކުރެއްވޭކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.

އެހެން އެކަން ވެއްޖެނަމަ އެއީ ފާއިތުވި 40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގެ އިގްތިސާދު އެންމެ ދަށްކޮށް ކުރިއަރާނެ ހަލަތުކަމަށްވެސް ޖޯޖިއޭވާ ވިދާޅުވިއެވެ. 2023 ވަނަ އަހަރު ނިމުމާ ގާތަށް ޗައިނާގެ ކުރިއެރުން ރަނގަޅުވާނެ ކަމަށް ލަފާކުރާ ނަމަވެސް ދިގު މުއްދަތަކަށް ބަލާނަމަ ކަންބޮޑުވުންތަކެއް ހުރިކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި އަހަރު ބްލޮކްގެ ދެބައިކުޅަ އެއްބައި ރިސެޝަންގައި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެމެރިކާގެ އިގްތިސާދު އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް