ads
ރައީސް ނަޝީދުއާއި ރީކޯ މޫސަ
ނަޝީދުގެ ބޭނުމަށް 20،000 އަށް ވުރެ ގިނަ މީހުން ޕާޓީން ވަކިކުރި: ރީކޯ
ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަށް އެޕާޓީގެ ގިނަ މެމްބަރުންތަކެއް މީގެ ކުރިން ޕާޓީން ވަކިކުރިކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާއިރު، މި ޕްރައިމެރީއަށް އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން ވަކި ކޮށްފައިވާ ކަމަށް ނަޝީދު އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ރީކޯ މިއަދު ކުރެއްވި، ޓުވީޓެއްގައި ވިދާޅުވީ، ފިޔަވަޅުއަޅާކޮމެޓީގަ މައްސަލަ އުފައްދައިގެން ރައީސް ނަޝީދު ބޭނުންވެގެން ފާއިތުވި 15 އަހަރުގެ ތެރޭ އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރި އެތައްބަޔަކު ގަސްތުގަ ޕާޓީންވަކިކުރި ކަމަށެވެ. 

އަދި އެފަދަ މީހުންގެ އާއިލާލާތަށް ޕާޓީ ދޫކޮށްދިއުމުން ޖުމްލަ 20،000 މީހުން ރައީސް ނަޝީދުގެ ބޭނުމަށް އެމްޑީޕީއިން ވަކި ކުރިކަމަށް ރީކޯ ވަނީ ވިދާޅުވެފަ އެވެ. 

ރީކޯ މިހެން ވިދާޅުވެފައި ވާއިރު، އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި، އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޗެއާ ޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ، އެ ޕާޓީގެ ދަފްތަރުން ބައެއް މެމްބަރުން އުނިކުރި ގޮތް ތަފްސީލް ކޮށްދެއްވާފަ އެވެ. 

ފައްޔާޒް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ދަފްތަރުގައި ތިބި 23،000 އަށް ވުރެ ގިނަ މެންބަރުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށާއި 11،000 މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ކަމަށެވެ.

އަދި އެ މެމްބަރުންނަކީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ނެތް މެމްބަރުން ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް