ads
ގެއްލިގެން ހޯދަމުންދާ މީހާ އާއި ޖަނާބު އިއްބެ
ގެއްލިގެން ހޯދަމުން އަންނަ އެކަކު މާލޭގައި!
ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ގެއްލުނު ކަމަށް ބުނެ ހޯދަމުން އަންނަ ދެ މީހުންގެ ތެރެއިން އެކަކު މާލޭގެ މަގެއްގެ މަތިން ފެނިއްޖެ އެވެ.

އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެދެމީހުން ދަތުރުކުރި ބޯޓު، މާލޭ އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ބޯޓުގައި ތިބީ އެ ދެމީހުން އެކަނި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.  

ގެއްލިގެން ހޯދަމުން ދަނީ،  ދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) އާއި، އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން އެވެ.  

އެހެން ނަމަވެސް މިއަދު ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު ކުރި ޓުވީޓެއްގައި، ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނި ދެ މީހުންގެ ތެރެއިން އެކަކު ފެނިފައި ވާކަމަށް ވަނީ ބުނެފަ އެވެ. ފެނިފައިވަނީ، ދިވެހި މީހާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އަދި އޭނާ އާއި އެކު ނަގާފައިވާ ފޮޓޯ އެއްވެސް އިބްރާހިމް މުހައްމަދު ވަނީ ޓުވިޓާގައި ހިއްސާ ކޮށްފަ އެވެ. އޭނާ ކުރި ޕޯސްޓުގައި ބުނެފައިވަނީ، އެ މީހާ ފެނުމުން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ބުނި ކަމަށެވެ. 

އަދި ނާޒިމް ގެއްލިގެން ހޯދުމަށް ފުލުހުން މަސައްކަތްކުރަމުންދާކަމަށް ބުނުމުން ނާޒިމް އަމިއްލައަށް ފުލުހުންނަށް ގުޅައި އޭނާ ހޯދަމުންދޭތޯ ސުވާލުކުރުމުން އޭނާ ގެއްލިގެން ނުހޯދާކަމަށް ފުލުހުން ބުނެފައިވާކަމަށް ނާޒިމް ބުނި ކަމުގައިވެސް އިއްބެ އާއި ހަވާލާދީ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމުގެ މައުލޫމާތު ސާފުކުރުމަށް ފަހު ހިއްސާ ކުރާނެ ކަމަށެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް