ads
ޔާމީން ޖަލަށް ގެންދަނީ——ފޮޓޯ: އަދަދު
ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް މާދަމާ ކޯޓުގައި
ހުކުމް ތަންފީޒު ކުރުމަށް ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ އިތުރު މައްސަލަތަކެއް މާދަމާ ކްރިމިނަލް ކޯޓުގައި ހިންގުމަށް ތާވަލުކޮށްފިއެވެ.

މާދަމާ ހެނދުނު 10 ޖަހާއިރު ކޯޓުގައި ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ މައްސަލަތަކަކީވެސް ރިޝްވަތުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލައެކެވެ. 

އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލަތަކެވެ. ފުއްގިރީގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ޔާމީނަށާއި މ. ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަންގެ ދެ ކުންފުނި ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.  

ޔާމީން މިހާރުވެސް އަންނަނީ ޖަލުގައި ރިޝްވަތުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެއީ ހަތަރު އަހަރުގެ ހުކުމަކާއި ހަތް އަހަރުގެ ހުކުމަކާއެކު ޖުމްލަ 11 އަހަރުގެ ހުކުމެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް