ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ އެރަށަށް ނަގޫރޯޅި އަރާފައި ވަނީ މިއަދު ހަވީރު 16:35 ހާއިރު ކަމަށެވެ. އަދި އެހާދިސާގައި ގެއްލުންވީ އެންމެ ގެއަކަށް ކަމަށް ޝާމް ވިދާޅުވިއެވެ.
އެގޮތުން ނަގޫރޯޅީގައި އެގޭގެ ފުރާޅުގެ 10 ވަރަކަށް ޓިނުގަނޑު އެއްލާލާފައިވާ ކަމަށް ޝާމް ވިދާޅުވިއެވެ.
ޝާމް އިތުރަށް ވިދާޅުވީ ރަށުގެ ކައުންސިލް އާއި އެމްއެންޑީއެފް އާ ގުޅިގެން މިހާރު ގޭގެ ފުރާޅުގެ ޓިނު އަލުން ޖަހާފައިވާ ކަމަށެވެ.
ޝާމް ވިދާޅުވިގޮތުގައި ހަވީރު ނަގޫރޯޅިއެއް އެރިނަމަވެސް، ރަށުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅެވެ.