ads
ލަތާ މަންގޭޝްކަރު އަދި ނޫސްރަތު ފާތިހް އަލީ ހާން
ލަތާ އަދި ނުސްރަތު ރޯލިން ސްޓޯންސްގެ ލިސްޓަށް
ރޯލިންގް ސްޓޯންގެ "200 ބެސްޓް ސިންގަރސް އޮފް އޮލް ޓައިމް" ގެ ލިސްޓުގައި އަލް މަރުޙޫމް ނޫސްރަތު ފާތިހް އަލީ ހާން އަދި ލަތާ މަންގޭޝްކަރު ހިމެނައިފިއެވެ.

މިއީ ދުނިޔޭގެ އެންމެ މޮޅެތި ލަވަކިއުންތެރިން ހިމައިނައިގެން ނެރޭ ލިސްޓެކެވެ. 

ދެކުނު ކޮރެއާގެ ލަވަކިޔުންތެރިޔާ ލީ ޖީ އީން ނުވަތަ ސްޓޭޖް ނަމެއް ކަމަށްވާ އައިޔޫ ވެސް ވަނީ ލިސްޓުގައި ހިމަނާފައެވެ. ބީޓީއެސްގެ އެންމެ ޒުވާން ލަވަކިޔުންތެރިޔާ ޖަންގްކޫކް ވެސް މި ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް ލަވަކިޔުންތެރިޔާ ސެލީން ޑިއޯން އެ ލިސްޓުން ވަނީ ބާކީކޮށްފަ އެވެ.

މި ލިސްޓުގައި ހިމެނޭ އެންމެ މޮޅު 20 ފަންނާނުންނަކީ، 1. އަރެތާ ފްރެންކްލިން، 2. ވިޓްނީ ހޫސްޓަން، 3. ސޭމް ކޫކް، 4. ބިލީ ހޮލިޑޭ، 5. މަރިއާ ކެރީ، 6. ރޭ ޗާލްސް، 7. ސްޓީވީ ވަންޑަރ، 8. ބިޔޯންސޭ، 9. އޮޓިސް ރެޑިންގ، 10. އަލް ގްރީން، 11. ލިޓްލް ރިޗަޑް، 12. ޖޯން ލެނަން، 13. ޕެޓްސީ ކްލައިން، 14. ފްރެޑީ މާކިއުރީ، 15. ބޮބް ޑައިލަން، 16. ޕްރިންސް، 17. އެލްވިސް ޕްރެސްލީ، 18. ސެލިއާ ކްރޫޒް، 19. ފްރެންކް ސިނަޓްރާ އަދި 20. މާވިން ގޭ އެވެ.

މި ލިސްޓުގައި ހިމެނޭ މަޝްހޫރު އެހެން ބައެއް ލަވަކިޔުންތެރިންގެ ތެރޭގައި--އެޑެލް (22)، ޕޯލް މެކާޓްނީ (26)، ޑޭވިޑް ބޯއީ (32)، ލޫއީ އާމްސްޓްރަންގް (39)، އަރިއާނާ ގްރާންޑޭ (43)، ލޭޑީ ގާގާ (58)، ރިހާނާ (68) އެމީ ވައިންހައުސް (83)، މައިކަލް ޖެކްސަން (86)، ނޫސްރަތު ފާތިހް އަލީ ޚާން (91)، ބޮބް މާލީ (98)، އެލްޓަން ޖޯން (100)، ޓޭލާ ސްވިފްޓް (102)، އޮޒީ އޮސްބޯން (112)، ނީލް ޔަންގް (133) އެވެ )، އައިޔޫ (135)، ބޯނޯ (140)، ކްރިސްޓީނާ އަގުއިލެރާ (141)، ބާބްރާ ސްޓްރައިސަންޑް (147)، ޖަންގްކޫކް (191) އަދި ބިލީ އައިލިޝް (198) ހިމެނެއެވެ. 

ލަތާއަކީ ކާކު؟ 

އުމުރުން 92 އަހަރުގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިޔާވި ލަތާ މަންގޭޝްކަރަކީ އޭނާގެ ކެރިއަރުގައި ގިނަ ލަވަތަކެއް ކިޔައި، 36 އަށް ވުރެ ގިނަ ބަހަކުން ރެކޯޑްކޮށްފައިވާ ފަންނާނެކެވެ. މީނާ ކުމާރީ، ޖަޔާ ބައްޗަން، ރާކީ، ޝަރުމީލާ ޓޭގޯ، ސްރީދޭވީ، ކާޖޮލް އަދި މަދޫރީ ޑިކްސިޓް ފަދަ އެތައް އެކްޓަރުންނަށް އޭނާގެ އަޑު ބޭނުންކޮށްފައިވެއެވެ. 

މަދްޔަ ޕްރަދޭޝްގެ އިންޑޯރަށް އުފަން ލަތާ އަކީ މިއުޒިކްގެ ދާއިރާއަށް ކޮށްދެއްވާފައިވާ ހާއްސަ ހިދުމަތްތަކުގެ ސަބަބުން 'ދަދާސާހެބް ފާލްކޭ' އެވޯޑާއި 'ބާރަތު ރަތުނާ' ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި 1948 އާއި 1987 އާ ދެމެދު އެންމެ ގިނައިން ރެކޯޑްކުރި ފަންނާނުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްގައި ވެސް އޭނާގެ ނަން ފާހަގަކޮށްފައިވާއިރު، އެންމެ ފަހުން ރެކޯޑްކުރި ލަވައަކީ އިންޑިއާ ސިފައިންގެ ހިތްވަރަށް ޝުކުރު އަދާކުރާ ލަވަ، 'ސައުގަންޑް މުޖޭ އިޒް މިޓީ ކީ' އެވެ.

ނޫސްރަތު ފާތިހް އަލީ ހާން އަކީ ކާކު؟

ނޫސްރަތު ފާތިހް އަލީ ހާން، ނިޔާވީ އޮގަސްޓް 16، 1997، ލަންޑަން،ގައެވެ.

ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ، އަކީ ޤައްވާލީގެ އެންމެ މޮޅަށް ކިޔާ އެއް ލަވަކިޔުންތެރިއާއެވެ.

ނޫސްރާތުގެ ބައްޕަ އުސްތާދު ފާތިހް އަލީ ހާން އާއި އޭނާގެ ދެ ދޮންބައްޕަ އުސްތާދު މުބާރިކް އަލީ ހާން އާއި އުސްތާދު ސަލާމަތު އަލީ ހާން އަކީ ކްލާސިކަލް ފޯމުގައި ލަވަކިޔާ މަޝްހޫރު ޤައްވާކިޔުންތެރިންނެވެ. އުމުރުން 10 އަހަރު ނުވަނީސް ނޫސްރާތު މިއުޒިކަށް ޝައުގުވެރިކަމާއި ލަވަކިޔުމުގެ މޮޅު ހުނަރު ދަސްކުރިއެވެ. ނަމަވެސް އޭނާ އޭނާ މަޝްހޫރުވީ 1964 ވަނަ އަހަރު ބައްޕަގެ ޖަނާޒާގައި ޤައްވާ ކިޔައިގެންނެވެ. އާންމު ޕާފޯމަންސެއް ޤައްވާލެއްގެ ގޮތުގައި، އޭނާގެ ދޮންބައްޕައިންނާއެކު ލަވަކިޔައި، 1971 ވަނަ އަހަރު އުސްތާދު މުބާރިކް އަވަހާރަވުމާ ހަމައަށް ޕާފޯމް ކުރައްވަމުން ގެންދެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް