ads
ރޮނާލްޑޯ ދައްކާލުން
އަލް ނަސްރުގެ ސަޕޯޓަރުންނަށް މިއަދު ރޮނާލްޑޯ ދައްކާލަނީ
ސައުދީ އަރަބިއްޔާގެ ކްލަބް އަލް ނަސްރަށް ދާދިފަހުން ސޮއިކުރި ފުޓްބޯޅަ ތަރި އަދި ޕޯޗްގަލް ގައުމީ ޓީމުގެ ޗެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިއަދު ސަޕޯޓަރުންނަށް ދައްކާލުމަށް އަލް ނަސްރުއް ތައްޔާރުވެއްޖެ އެވެ.

ކުލަބާއި ގުޅުމަށް ރޮނާލްޑޯ ރައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އައިކޮނިކް ކުޅުންތެރިޔާ މިއަދު ސައުދީގެ ވެރިރަށް މިރްސޫލް ޕާކުގައި ހުންނަ އަލް ނަސްރުގެ ހޯމް ގްރައުންޑުން ފެނިގެންދާއިރު، ކްލަބްގެ ކިޓްގައި ރޮނާލްޑޯ މިއަދު އެތައް ހާސް ސަޕޯޓަރުންގެ ކުރިމައްޗަށް ނިކުންނާނެކަމަށް ކަމަށް އަލް ނަސްރުން ބުނެއެވެ.

އެކުލަބުން ރޭ އާއްމުކުރި ޓްވިޓެއްގައި ބުނީ ރޮނާލްޑޯ އާއްމުކޮށް ސަޕޯޓަރުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ ސައުދީ ގަޑިން މިއަދު ހަވީރު 7:00 ކަމަށެވެ. އެއީ ޖީއެމްޓީން ހަވީރު 4:00 އެވެ.

ގިނަ އިންތިޒާރުތަކަކަށްފަހު އަލް ނަސްރާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން މިދިޔަ ހަފްތާ ބަންދުގައި ކަށަވަރުވެފައިވާއިރު، އެ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. 

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރޮނާލްޑޯއާ ހަވާލުކުރީ އަލް ނަސްރު ކްލަބުގެ 7 ނަމްބަރު ޖާޒީއެވެ.

މިއަދުގެ އިވެންޓަށް ސަޕޯޓަރުންނަށް ދަނޑަށް ވަދެނޭނީ ޓިކެޓް ގަނެގެންކަމަށާއި ޓިކެޓެއްގެ އަގަކީ 15 ސައުދީ ރިޔާލްކަމަށް އަލް ނަސްރުން ބުނެއެވެ. އެއީ ގާތްގަނޑަކަށް ހަތަރު ޑޮލަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް