ads
ކަނޑޫދޫ ގޮނޑުދޮށުން ފެނުނު ފަތްތައް
ކަނޑޫދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގައިފި
ތ. އަތޮޅު ކަނޑޫދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގައިފި އެވެ.
Advertisement

ގޯންޏެއްގައި ބަންދު ކޮށްފައި ހުރި މި ފަތްތައް ފެނިފައިވަނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް، އެރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފަ އެވެ. އަދި އެތަކެތި ފެނުނީ އެ ސަރަހައްދަށް މޫދަށް އެރެން ގޮސް އުޅުނު ބަޔަކަށް ކަމަށާއި، އެ މީހުންނަށް އެތަކެތި ފެނުމުން ކައުންސިލަށް އެކަން އެނގި ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ގޮތް ނޭނގޭ ފަތްތަކެއް ތ. އޮޅުފުށި ފިނޮޅުގެ ގޮނޑުދޮށުން ފެނިފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށާއި، އަދި ހަމަ އެކަހަލަ ފަތްތަކެއް ކަނޑޫދޫ ގޮނޑުދޮށުން ފެނިފައިވާ ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، މިތަކެތި ތަހުލީލުކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެރަށުން މައުލޫމާތު ދިން މީިހަކު ބުނީ، ގޮނޑުދޮށުން ފެނުނު ފަތްތަކަކީ، ތީޒު ފަތް (ބޭ ލީފް) ތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ކުރިންވެސް އެފަދަ ފަތްތަކެއް ފެނިފައި ވާކަމަށްވެސް އެފަރާތުން ވަނީ ބުނެފަ އެވެ. 

ތީޒު ފަތަކީ، ރިހަތަކާއި ބިރިޔާނީ ކައްކާއިރު ބޭނުން ކުރަމުން އަންނަ ފަތުގެ ބާވަތަކެވެ. މި ފަތް އާއްމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ ހިއްކައިގެންނެވެ. 

23%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް