މިއީ ނިމިދިޔަ މަހު މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ވަނީ ރާއްޖޭގެ 21 ރިސޯޓަކުން މިދިޔަ ޑިސެމްބަރު މަހު އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖްގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އިތުރުން، އިތުރު 6 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ އިތުރަށް މުވައްޒަފުންނަށް ސާވިސް ޗާޖް ދީފައެވެ.
މުވައްޒަފުންނަށް އެންމެ މަތިން ސާވިސް ޗާޖް ދީފައިވާ ރިސޯޓުތަކަކީ:
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ދަށްކޮށް ސާވިސް ޗާޖް ދީފައިވާ ރިސޯޓުތަކުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 266.00 ޑޮލަރާއި 378.00 ޑޮލަރު (4،000 ރުފިޔާ އާއި 6،000 ރުފިޔާ) އާ ދެމެދުގެ އަދަދެކެވެ.
މިދިޔަ ނޮވެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް އެ މަހު 1720.42 ޑޮލަރު (26،528.88 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ފަހުކޮޅުގަޔާއި ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާތީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖް އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު އެ ދުވަސްވަރު އިތުރުވެއެވެ.
މިދިޔަ މަސް ނިމުނުއިރު، 1,675,299 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.